ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި މި އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް (ICDS) ގުޅިގެން، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުން ތަމްރީނުކުރުމުގެ 8 ވަނަ ޕްރޮގްރާމް 7 – 9 މާރިޗު 2023 އަށް އޮންލައިންކޮށް (ޒޫމް ޕްލެޓްފޯމް މެދުވެރިކޮށް) ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމްގެ ނަން: |
ލޯކަލް އޮތޯރިޓީ ކޮމްޕެނީސް ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް (މާރިޗު) 2023 |
ތާރީޚް: |
7 – 9 މާރިޗު 2023 | (ހެނދުނު 09:00 އިން 14:00 އަށް) |
ޓާރގެޓް އޯޑިއަންސް: |
ކައުންސެލަރުންނާއި ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތައް |
ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚް: |
2 މާރިޗު 2023 |
ފީ: |
1,000ރ ( އެއް ހާސް ރުފިޔާ) |
ޖާގަ: |
30 |
މި ޕްރޮގްރާމުގައި ބައިވެރިވާން އެދިވަޑިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު، ޕޭމަންޓް ސްލިޕް އަދި އައީ.ޑީ.ކާޑްގެ ކޮޕީ އެޓޭޗްކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 7923151 ނުވަތަ 3014119 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
28 ރަޖަބު 1444
19 ފެބްރުއަރީ 2023