ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީސް ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ކުރިއަށް އޮތް 3 އަހަރަށް (2023 - 2025) ބޭނުންވާ އެކްޓިވިޓީސް ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
1. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ފެބްރުއަރީ 20 ން 27އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކް:
https://docs.google.com/forms/d/e/1FAIpQLSdbVF70ZEAHarZi0P085nj8_DJazYRVH8HyUCOfMBZjQeLr3w/viewform
2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ފެބުރުއަރީ 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
3. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 މާރިޗު 01 ވާ ބުދަ ދުވަހުގެ 11:30 ގައި މިމަދަރުސާގެ މީޓިންގ ރޫމްގައެވެ.
4. ސަމާލުކަން ދޭންވީ ކަންތައް:
ހ. މި މަސައްކަތަށް ކުރިމަތިލެވޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި، ތަކާއި، ކުންފުނިތަކަށެވެ.
5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހއ. އަތޮޅު މަދަރުސާ
ހއ. ހޯރަފުށި
ފޯން: 6500048، 7797292
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
29 ރަޖަބު 1444