ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށްދިނުން

                     ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށް ދިނުމަށް 2022 ޑިސެމްބަރ 20 ވަނަ ދުވަހު މިއިދާރާއިން ކޮށްފައިވާ ނަންބަރ (IUL)419/419/2022/127 ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް ގދ.ގައްދޫ ދެކުނު ބަނދަރު ސަރަޙައްދު މަސްވެރިންގެ ހިޔާގެ ގޮތުގައި ހަދަންފެއްޓިފައިވާ ޢިމާރާތް ހުރި ބިން އެބިމުގެ އުތުރު (ޝާރިއުލްއަމީން މަގާއިގުޅޭ) ކަންމައްޗާއި ހަމައަށް ވިޔަފާރި ބޭނުންތަކަށް ތަރައްޤީކޮށް މަސްވެރިންނާއި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް މަންފާ ކުރާނެ ގޮތަކަށް 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް އަލުން އިޢުލާންކުރަމެވެ.

              ވީމާ، މިބިމުގައި އެހެނިހެން ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 06 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                              

            19 ފެބްރުވަރީ 2023                                                      

19 ފެބުރުވަރީ 2023
ހޯދާ