މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް ވޯކީ ޓޯކީ ސެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން.

                            އިޢުލާން

ޕްރޮޖެކްޓް ނަންބަރު:  PC-942023W-06

 

އަންދާސީ ހިސާބު ބޭނުންވެއްޖެ   

  1. މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް ވޯކީ ޓޯކީ ސެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  
  2. މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 19 ފެބްރުއަރީ 2023 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  3. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 26 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 14:00:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
  4. ބީލަން ހުށައެޅުން އޮންނާނީ 02 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ10:00:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.  
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮކިއުމަންޓް ސެކްޝަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330476, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

19 ފެބުރުވަރީ 2023
ހޯދާ