މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ސްޓޭޑިއަމްގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމާބެހޭ

މުލަކަތޮޅު ވޭވަށު ފުޓްބޯޅަ ސްޓޭޑިއަމްގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމާބެހޭ

މ. ވޭވަށު ފުޓްބޯޅަ ސްޓޭޑިއަމްގެ ވަށާފާރު ރޭނުމާއި، ގޯލުގެ ފަހަތުގައި ވޭވަށު ކައުންސިލުގެ އިދާރާއިން ދައްކާ ނަމޫނާއަކާ އެއްގޮތަށް މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވުމާއެކު، ދެންނެވިގޮތަށް އަމިއްލަ ތަކެތީގައި ވޭވަށު ފުޓްބޯޅަ ސްޓޭޑިއަމުގެ ވަށާފާރު ރޭނުމާއި، ގޯލުގެ ފަހަތުގައި ފެންސް ޖެހުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ވޭވަށު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެދެއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުމާއި ލިޔެކިޔުން ހަވާލުކުރުން

28 ޑިސެންބަރު 2014

އާދީއްތަ

13:00

އަންދާސީހިސާބު ބަލައިގަތުން

11 ޖަނަވަރީ 2015

އާދީއްތަ

13:00

އަންދާސީހިސާބު ހުށަހަޅާ ފޯމާ ހަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑުގެ ނަންބަރު އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެވެސް އައިޑީކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށު ފުޓްބޯޅަދަނޑު ވަށާފާރު ރޭނުމާއި ފެންސް ޖެހުން" ލިޔެފައި އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

17 ޑިސެންބަރު 2014
ހޯދާ