ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

   

މި ސްކޫލުން ދޭ ސްޕެސިފިކޭޝަންގެ 3 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ފެބްރުއަރީ 19 އިން 2023 ފެބްރުއަރީ 27 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ އެނގޭނެ ލިޔުމެއް ގެންނަވަން ވާނެއެވެ. ނަމަވެސް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހަޅުއްވައިގެން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ރަޖިސްޓްރީ ނަންބަރ އެނގޭނެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

https://forms.gle/YSbnEMT9qjgNRDai7

  1. މިކަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ފެބްރުއަރީ 28 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ހަމައެކަނި ނަންނޯޓް ކުރައްވާ ފަރާތްތައް ކަމުގައިވެސް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވިކަމުގައިވިޔަސް ބީލަން ހުށަހެޅޭނެއެވެ.
  2. ބީލަން ހުޅުވުން އޮންނާނީ 2023 މާރޗް 02 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނައިވާދޫ ސްކޫލް / ހދ. ނައިވާދޫ

ފޯން: 6520537

އީ-މެއިލް: [email protected]

19 ފެބުރުވަރީ 2023
ހޯދާ