ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެބްރުއަރީ މަހު ރައްޔިތުންނާއި ބައްދަލުކުރުމާއި ގުޅޭ

                                                                                               ނަންބަރު: (IUL)247-CA/247/2023/30

އިޢުލާން

ރަށުކައުންސިލުން ހޯރަފުށީގެ ރައްޔިޔުންނާއި ބައްދަލު ކުރުމާއި ގުޅޭ:

 

              ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ރަށުކައުންސިލުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ފެބްރުއަރީ މަހު ބޭއްވުމަށް ލާޒިމްކުރާ ޢާންމު ބައްދަލުވުން 2023 ފެބްރުއަރީ 27 ވާ ހޯމަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ރަށުކައުންސިލުން ވަނީ ނިންމާފައެވެ.

              ވީމާ، ރަށުކައުންސިލުން ރަށުގެ އިޢްޒަތްތެރި ރައްޔިތުންނާއި ބައްދަލުކުރުމަށްޓަކައި، ބާއްވާ ޙާއްޞަ ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ. މި ބައްދަލުވުމުގެ އެޖެންޑާ މި އިޢުލާނާއެކު ޢާންމުކުރެވިފައި ވާނެއެވެ.

     ބައްދަލުވުން އޮންނަ ތާރީޚް:     27 ފެބްރުއަރީ 2023 (ހޯމަ)

     ތަން:                   އޯކިޑްވިލާ (ރަށްވެހިގެ)

     ފަށާ ގަޑި:                20:30 (ރޭގަނޑު)

     ނިންމާ ގަޑި:              21:30

               މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

              28 ރަޖަބު   1444

              19 ފެބުރުއަރީ 2023

19 ފެބުރުވަރީ 2023
ހޯދާ