ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންކުރާ ރަސްމީ ވެބްސައިޓަށް (www.visitmaldives.com) ކޮންޓެންޓް ލިޔެދެއްވާނެ ފަރާތެއް ބޭނުންވެގެން ކުރެވުނު މިކޯޕަރޭޝަންގެ އިޢުލާން ނަންބަރު IUL)MMPRC-HAS/1/2014/65) މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިއޮތް ދުވަހަކީ، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރު ބަންދު ކުރެވުނު ދުވަހަކަށްވުމުން އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޑިސެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30އަށް ވެލާނާގޭގެ ހަރަތުވަނަ ފަންގިފިލާގައި ހުންނަ މި ކޯފަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޑިސެންބަރު 2014ވާ އަންގާރަ ދުވަހުގެ 10:30އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެވާހަކަވެސް ދަންނަވަމެވެ.
26 ޞަފަރު 1436