ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ކުނަހަންދޫގެ މަގުތައް ހެދުމާއި ގުޅޭ

މަގުތައް ހެދުމާއި ގުޅޭ

 

                ކުނަހަންދޫގައި ފެނާއި، ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެށިފައިވުމާއި ގުޅިގެން ކުނަހަންދޫއިން ގޯތި ދޫކުރެވިފައިވާ ސަރަޙައްދުގެ މަގުތަކާއި އަލަށް ކުނިކަހާ ސާފްކުރުމަށް ދޫކުރެވިފައިވާ މަގުތައް ސާފްކުރުމަށް ބޭނުންވެއެވެ.

                އެހެންކަމުން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގެ މަގުތަކުގައި ހުރި ރުއްގަހާއި ކުނިކެހުމަށް އަލަށް ދޫކުރެވިފައި ހުރި މަގުތަކުގައިވާ އަމިއްލަ ފަރާތްތަކުގެ ރުއްގަހަށް ޝަރުޢީ ބަދަލު ދިނުމަށްޓަކާ އެ ރުއްގަހުގައި ނަމްބަރު ޖެހުމައް ދަންނަވަމެވެ. މީގެ ކުރިން މި ކައުންސިލްގެ ނަމްބަރު (IUL)405-A/2022/66 22 ޑިސެމްބަރުގެ 2022ގެ އިޢުލާން އިންވެސް ރުއްގަސް ނެގުމަށް ދެންނެވިފައި ވާނެއެވެ.

                ވީމާ، 26 ފެބުރުވަރީ 2023 ވާ  އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ރުއްގަހުގެ ވެރިފަރާތުގެ ނަމްބަރު ޖެހުމަށް ދަންނަވަމެވެ. މި މުއްދަތުގައި ނަމްބަރ ޖަހާފައި ނުވާ ރުއްގަސް ބެލެވޭނީ ރައްޔިތުންގެ ރުއްގަސް ކަމުގައެވެ. އަދި ވެރިފަރާތުން ރުއްގަސް ބޭނުންވާ ކަމުގައި ވާނަމަ މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ރުއްގަސް ނަގައިގެން ގެންދިއުމަށް ދަންނަވަމެވެ. އަދި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ނަމްބަރު ނުޖަހާ ރުއްގަހާއި މެދު އަމަލު ކުރެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ރަށުގެ އެކި ސަރަހައްދުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގައި ނަމްބަރު ޖަހައި މި ކައުންސިލުގެރުއްގަހުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

                ވީމާ، މިކަން ޢާމުކޮށް އެންގުމަށް ޢިޢުލާނު ކުރީމެވެ.

19 ފެބުރުވަރީ 2023
ހޯދާ