ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ރައްޔިތުންނާއި ޙިއްޞާ ކުރުމާއި، 2022 ވަނަ އަހަރުގެ ބަޖެޓާއި މަސައްކަތު ތާވަލު ރައްޔިތުންނަށް ޙިއްޞާ ކުރުން.

2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ރައްޔިތުންނާއި ޙިއްޞާ ކުރުމާއި، 2022 ވަނަ އަހަރުގެ ބަޖެޓާއި މަސައްކަތު ތާވަލު ރައްޔިތުންނަށް ޙިއްޞާ ކުރުން.

 

އިޢުލާން

 

 

ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ  މާއްދާގައިވާ ގޮތުގެ މަތިން، މި ކައުންސިލްގެ 2022 ވަނަ  އަހަރުގެ އަހަރީ ރިޕޯޓު،  2022 ވަނަ އަހަރުގެ ބަޖެޓު އަދި މަސައްކަތު ތާވަލުގައި ހިމެނޭ މުހިއްމު ކަންތައްތައް ރައްޔިތުންނާއި ޙިއްޞާ ކުރުމަށް ބާއްވާ ބައްދަލުވުން 23 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ތިނަދޫ މާވަށް ދިހަރޭ މައިދާންގައި ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުން އޮންނާނެއެވެ.

ވީމާ، މިބައްދަލުވުމަށް ވަޑައިގަތުމަށް، ތިނަދޫގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. 

14 ފެބުރުވަރީ 2023
ހޯދާ