ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރ ސްކޫލް ބެޑްމިންޓަން ޗެމްޕިއަންސް ލީގް 2023 މުބާރާތަށް ޓެކްނިކަލް އޮފިޝަލުން ހޯދުމާއި ބެހޭ

 

އިޢުލާން

އިންޓަރ ސްކޫލް ބެޑްމިންޓަން ޗެމްޕިއަންސް ލީގް 2023 މުބާރާތަށް ޓެކްނިކަލް އޮފިޝަލުން ހޯދުމާއި ބެހޭ

 

އިންޓަރ ސްކޫލް ބެޑްމިންޓަން ޗެމްޕިއަންސް ލީގް 2023

 

އިންޓަރ ސްކޫލް ބެޑްމިންޓަން ޗެމްޕިއަންސް ލީގް 27 ފެބްރުއަރީ 2023 އިން 03 މާރިޗު 2023 އަށް މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން އިންޑޯ ހޯލްގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމުބާރާތުގައި ޓެކްނިކަލް އޮފިޝަލްކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ މެއިލް: [email protected]  އަށް އެފަރާތްތަކުގެ މަޢުލޫމާތު ޙިއްސާކޮށްދެއްވުން އެދެމެވެ. އަދި މި މުބާރާތް ކުރިޔަށްދާ މުއްދަތުގައި ވަޒީފާއިން ވީއްލުމަށް އެދޭ ފަރާތްތެއްނަމަ ވަޒީފާއަދާކުރަމުންދާ މަޤާމު، ތަން، ސާރވިސް ނަމްބަރު (އައިޑީ ނަންބަރު) އަދި ވަޒީފާއިން ވީއްލުމަށް އެދި އެޑްރެސް ކުރަންވީ ފަރާތެއްގެ މައުލޫމާތު ޙިއްސާކޮށްދެއްވުން އެދި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން ހަވީރު 15:30 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

18 ފެބުރުވަރީ 2023
ހޯދާ