ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ލައިޓް އަދި ބަނދަރު ލައިޓް މަރާމާތްކޮށް ބަލަހައްޓާނެ ފަރާތެއް ބޭނުން ވެއްޖެ

މަގުމަތީ ލައިޓް އަދި ބަނދަރު ލައިޓް މަރާމާތްކޮށް ބަލަހައްޓާނެ ފަރާތެއް ބޭނުން ވެއްޖެ

 މަގުމަތީ ލައިޓް މަރާމާތްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ތައްޔާރުކުރެވިފައިވާ މައުލޫމާތު ޝީޓަށް އިތުރު މަސައްކަތްތައް އިތުރުކުރެވިފައިވާތީ މި އިދާރާގެ  ނަންބަރު  (IUL)422-B1/422/2023/2 އިޢުލާން ބާޠިލުކުރުމަށް ފަހު އަލުން އިޢުލާން ކުރަމެވެ.  1 އަހަރު ދުވަހުގެ މުއްދަތަށް ލައިޓުތައް މަރާމާތްކޮށް ބަލަހައްޓާދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 21 ފެބްރުއަރީ 2023 ވަނަ އަންގާރަ ދުވަހުގެ 13:00 ގައި އޮންނަ މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ.

ވީމާ، މަގުމަތީ ލައިޓް އަދި ބަނދަރު ލައިޓް މަރާމާތްކޮށް ބަލަހައްޓައި ދޭން ޝައުޤުވެރިކަން ހުރި ފަރާތްތަކުން 21 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހު 13:00 އަށް އިދާރާގައި މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު 26 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 13:00 ބިޑް ހުށައެޅުމަށް ދަންނަވަމެވެ. ގަޑި ޖެހިގެން ހުށައަޅާ އެއްވެސް ހުށައެޅުމެއް އަދި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށައަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރުމަ އުލޫމާތު ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 4002625 ފޯނަށް ގުޅުވުން އެދެމެވެ.

ވީމާ،  މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

25   ރަޖަބް   1444

16 ފެބްރުއަރީ   2023

16 ފެބުރުވަރީ 2023
ހޯދާ