ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (މަސައްކަތު)

އިޢުލާން

ގދ.ގައްދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ (ކުނިގޮނޑު) ގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުން.

 

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު     01    

 

މަޤާމުގެ ބާވަތް: ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސަވައިދޭ ވަޒީފާއެކެވެ. މިއީ ސިވިލް ސަރވިސް ވަޒީފާއެއް ނޫނެވެ.)

ވަޒީފާ އޮތް އޮފީސް: ގައްދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން: ގައްދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ (ކުނިކޮށި)

މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު 07 ގަޑިއިރު (ހުކުރު ދުވަސް ފިޔަވައި ހަފްތާގެ 6 ދުވަހު)

މުސާރަ :  މަހަކު -/7000 ރުފިޔާ (ހަތްހާސް ރުފިޔާ). އަދި މީގެ އިތުރުން، ރަސްމީގަޑީގެ އިތުރަށް އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ ޝަރުތުތައް:

  • ތައުލީމީ ފެންވަރު އެންމެ ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން. ނުވަތަ ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ ހުނަރު އަދި ގާބިލުކަން ލިބިފައި ހުރުން.
  • އަމިއްލަޔަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަށް ކުނީގެ ގޮތުގައި ގެންދެވޭ ތަކެތި ވަކިކޮށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ބައިބަޔަށް އެޅުން.
  • ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަށް ކުނީގެ ގޮތުގައި ގެންދެވޭ ތަކެތި ވީހާވެސް ކުޑަ ޖާގައެއްގައި ބެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުން.
  • ކޮންމެ ދުވަހަކު ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ އެތެރެއާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ބޭރުގައި ވަށައިގެން ފަޅާފައި ހުންނަ ގަސްތައް ނޮޅައި ކުނިބުނިތައް ނަގައި ބެލެހެއްޓުން.
  • ކޮންމެ ދުވަހަކުވެސް ވޭސްޓް މެނޭޖްމަންޓް ސެންޓަރ ހުޅުވާ ބަންދުކުރަން ހަމަޖެހިފައިވާ ގަނޑިތަކުގައި ގަވާއިދުން ހުޅުވުމާއި ބަންދުކުރުން.
  • ކުންޏާއި ބެހޭގޮތުން ހަމަޖެހިފައިވަ އޮންނަ އުސޫލާއި ޚިލާފުވާ ފަރާތްތަކުގެ މައުލޫމާތު ކައުންސިލް އިދާރާއަށް ދިނުން.
  • ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަށް ލިބޭ ގެއްލުންތައް ކައުންސިލްއިދާރާއަށް އެންގުން އަދި ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  • ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި ބޭނުންކުރާ އަދި މަސައްކަތުގައި ގެންގުޅޭ އެންމެހާ ތަކެތި ރައްކާތެރިކޮށް ސާފުކޮށް ބެލެހެއްޓުން.
  • ކައުންސިލް އިދާރާގެ ކަމާއިބެހޭ ޔުނިޓުން މަސައްކަތުގެ ދާއިރާގެ ތެރެއިން ކުރަން ހަވާލުކުރެވޭ އެންމެހާ މަސައްކަތް ކުރުން.
  • ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުން.
  • އަދި މިނޫނަސް ކައުންސިލް އިދާރާއިން ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދެ ފޯމް ނުވަތަ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް ޢެޑްރެސް ހިމެނޭ ގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑްގެ ދެ ފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭގޮތަށް ފެންނަ ކޮޕީއެއް.
  • ލިބިފައިވާ އެއްގަމު ވެހިކަލް ޑްރައިވިންގ ލައިސަންސް ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ނުވަތަ ސިޓީ ކައުންސިލް އިދާރާއަށް ހުށަހަޅާނީ 01 މާރިޗު 2023 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އަށެވެ.

އިރުތު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ކައުންސިލް އިދާރާގެ ނަންބަރު  6840003  އަށެވެ.

 

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

                           16 ފެބްރުވަރީ 2023

                                                                     

                                                             މުޙައްމަދު އަޙްމަދު

                                                            ކައުންސިލްގެ ރައީސް

16 ފެބުރުވަރީ 2023
ހޯދާ