ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ސިޓީ ސްކޮއަރ ބިލްޑިންގް ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެއްއަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ސިޓީ ސްކޮއަރ، ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. 

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:  ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2023 ފެބްރުއަރީ 23 ވަނަ ދުވަހު 1100ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރ ކުރަންވާނެއެވެ.

  އީމެއިލް އެޑްރެސް: [email protected]                     

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް، 2023 ފެބްރުއަރީ 23 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ފޮނުވޭނެ އަދި ބީލަން ކަރުދާސް ފޮނުވޭނީ ތިރީގައި ބަޔާން ކުރެވިފައިވާ ބީލަމުގެ ޝަރުތުތައް ހަމަވާ ފަރާތްތަކަށެވެ.

ބީލަމުގެ ޝަރުތު :

  1. ބީލަން ހުށަހަޅާ ފަރާތަކީ ފާއިތުވި) 5 ފަހެއް) އަހަރު ދުވަހުގެ ތެރޭގައި، މި ބާވަތުގެ، މަދުވެގެން 3 މަސައްކަތް (ކުނިކަހާ، ފޮޅާ ސާފު)، ކޮށްފައިވާ، ތަޖުރިބާހުރި ފަރާތަކަށްވުން.
  2. ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮޒިޓިވް ރެފަރެންސް) ހުށަހަޅުމުންނެވެ.
  3. ރެފަރެންސް ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަމަ، ސިޓީއާއި އެކު އެ މަސައްކަތުގެ ސަޕޯޓިންގ ޑޮކިރުމަންޓްސް ހުށަހަޅަންވާނެއެވެ. ހުށަހަޅާފައިވާ ސިޓީއާއި ސަޕޯޓިންގ ޑޮކިއުމަންޓްސް ތަކުން މަސައްކަތުގެ ތަފްސީލް އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ، އެ ސިޓީ ބަލައިނުގަތުމުގެ އިޙްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.
  4.  ރެފަރެންސް ސިޓީ ގޮތުގައި ބަލައިގަނެވޭނީ ކުންފުނި/ސަރުކާރު އޮފީސްތައް/އިންސްޓިޓިއުޝަންސް/ކޮމިޝަންސް...، އިން ދީފައިވާ ރިފަރެންސް ސިޓީ ތަކެވެ.) އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ރިފަރެންސް ސިޓީ ބަލައިނުގަނެވޭނެއެވެ.

މައުލޫމާތު ދިނުން:  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2023 ފެބްރުއަރީ 26 ވަނަ ދުވަހު 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ސިޓީ ސްކޮއަރ ބިލްޑިންގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:   ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2023 ފެބްރުއަރީ 27 ވަނަ ދުވަހުގެ 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2023 ފެބްރުއަރީ 62 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ. 

ބީލަންކަރުދާސް:  ބީލަންކަރުދާސް ހުށަހަޅަންވާނީ 2023 މާޗް 06 ވަނަ ދުވަހު 1100،[email protected]  އީމެއިލް އެޑްރެސް އަށެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ފޮނުވާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344262

އީމެއިލް: [email protected]  

 

 

 

16 ފެބުރުވަރީ 2023
ހޯދާ