ދިވެހިރާއްޖެ
ރިކުއެސްޓް ފޯ ޕްރޮޕޯޒަލް
ތިލަފުށީގެ ބިމާއި ވަށައިގެންވާ ސަރަޙައްދުތަކުގެ ވެލުއޭޝަނެއް ހަދަން ބޭނުންވާތީ މިމަސައްކަތް ކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޝައުޤުވެރިވެލައްވާ، ކަމުގެ ތަޖުރިބާއާއި ޤާބިލުކަން ހުރި އެންމެހައި ވެލުއާރސްއަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ކުރި އިޢުލާން (ނަންބަރު: TCL/IUL/14/1023) އާ ގުޅިގެން ހުޅުވާލި ބީލަން ހުށަހެޅުމުގެ ފުރުޞަތުގައި އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ބިޑް ޑޮކިއުމެންޓަށް ފައިސާ ދެއްކުން |
ޓީސީއެލް ހެޑްއޮފީސް |
10 ދުވަސް (ރަސްމީ) |
22 ޑިސެންބަރު 2014 އިން 06 ޖަނަވަރީ 2015 އަށް |
08:30 އިން 13:00 އަށް |
ބިޑް ޑޮކިއުމެންޓް ދޫކުރުން |
ޓީސީއެލް ހެޑްއޮފީސް |
ބުދަ |
07 ޖަނަވަރީ 2015 |
10:00 އިންފެށިގެން |
އިންފޮމޭޝަން ސެޝަން |
ޓީސީއެލް ހެޑްއޮފީސް |
ހޯމަ |
12 ޖަނަވަރީ 2015 |
10:30 ގައި |
ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑްއޮފީސް |
އަންގާރަ |
20 ޖަނަވަރީ 2015 |
10:30 ގައި |
- ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 50.00 (ފަންސާސް) ޔޫއެސް ޑޮލަރ ނުވަތަ އެއަށްވާ ދިވެހިފައިސާ (15.42)ރޭޓުންނެވެ.
- ބިޑް ސެކިއުރިޓީގެ ގޮތުގައި 500.00 (ފަސް ސަތޭކަ) ޔޫއެސް ޑޮލަރ ނުވަތަ އެއަށްވާ ދިވެހިފައިސާ (15.42) ރޭޓުން ބަހައްޓަންވާނެއެވެ.
- ޕްރޮޕޯޒަލް ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
- އަދި މިކުންފުނީގެ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ އެކްސްޓަރނަލް އޮޑިޓަރުންނަށް ބިޑަރސް އަދި ސަބް ކޮންޓެކްޓަރސްގެ ގޮތުގައި މި ބީލަމުގައި ބައިވެރިނުވެވޭނެއެވެ.
މިބީލަމުގައި ބައިވެރިވެވޭނީ ބިޑް ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު ބިޑް ޑޮކިއުމެންޓުގައި ހިމެނިފައިވާނެއެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
30 ޞަފަރު 1436