މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، އެމްސީއެޗް ވެއަރހައުސް އެކްސްޓެންޑްކޮށް ފާހާނަބަރިއެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، އެމްސީއެޗް ވެއަރހައުސް އެކްސްޓެންޑްކޮށް ޕާހާނަބަރިއެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ނަމްބަރު PD/1/2023/11  އިއުލާނާއި ގުޅިގެން ލިބިފައިވާ ޕްޕޯސަލްގެ އަގުބޮޑުވުމުން އެނަމްބަރު އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.

      ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފްކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ޕްރީބިޑް މީޓިންގ އަދި ސައިޓް އިންސްޕެކްޝަން

 

ޕްރީބިޑް މީޓިންގ 19 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެމް.ޕީއެލް ހެޑްއޮފީހުގައި.

(ސައިޓްއިންސްޕެކްޝަން ކުރިޔަށްގެންދާނެ ވަގުތެއް ޕްރީބިޑް މީޓިންގ ގައި ކަނޑައެޅޭނެއެވެ.  ޕްރީބިޑް އަދި ސައިޓްއިންސްޕެކްޝަން އަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

26 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް

ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

16 ފެބުރުވަރީ 2023
ހޯދާ