އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު: އޭ.ވީ.އެސް ޓްރެއިނީ

އިޢުލާނު

 

މަޤާމު:

އޭ. ވީ. އެސް ޓްރެއިނީ

މަޤާމުގެ ނަންބަރު:

J-259259, J-259261, J-259265, J-272304, J-272308, J-272309, J-272310, J-272311, J-272312, J-272314, J-272315, J-272316, J-272317, J-272318, J-272319, J-272320, J-272321, J-272322, J-272323, J-272324, J-272325, J-272333, J-272340, J-272341, J-272342, J-272343, J-272344, J-272345, J-272346, J-272347

ބޭނުންވާ އަދަދު:

30

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ސީ. އެސް 02

މަޤާމުގެ ކްލެސިފިކޭޝަން:

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރސް އެންޑް ގަރޑްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ އެއަރޕޯރޓްތައް

މުސާރަ:

މަހަކު 5920.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ކޮއްތު ފައިސާ 60.0 ރުފިޔާ ( ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް)
  2. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  3. ފޯނު އެލަވަންސް ގޮތުގައި މަހަކު 150.0 ރުފިޔާ
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޙިދުމަތް
  5.  ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  6. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއަށް ވަނުމާވިދިގެން އަންނަ ޕްރޮބޭޝަނަރީ 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކްކޯސް ފުރިހަމަކުރުން.
  2. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެމީހުން އައްޔަންކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން އަންގާފައިވާ ގަވާއިދުތަކާއި މަސައްކަތް ކުރުމުގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަޑައަޅާފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ފުރިހަމަ ކުރުން.
  3. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެމީހުން ޢައްޔަން ކުރާ އިސްމުވައްޒަފެއްގެ ބެލުމުގެ ދަށުން، މަދަނީ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެމީހުން ގެންދާ ތަކެތި ބަލައި ފާސްކުރުން.
  4. އެއަރޕޯރޓްގެ ސެކިއުރިޓީ ރެސްޓްރިކްޓެޑް އޭރިޔާތަކަށާއި މަތިންދާބޯޓް ފަހަރަށް ނުރައްކާތެރި ތަކެތި ގެންދިއުން ހުއްޓުވުމަށް، މި ސަރަހައްދުތަކަށް އެކްސެސްވާ މީހުންނާއި ދާގީނާތަކާއި ވެހިކަލްތަކާއި އަދި އެވެހިކަލްތަކުގައި ގެންދާތަކެތި ބަލައި ފާސްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މިމާއްދާއިން ދަށްވެގެން 'ސީ' ފާސްލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެސަނަދެއް ޙާޞިލްކޮށްފައިވުން. (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭސިކް ޓްރެއިނިން ހަދާފައިވާ ކަމުގެ ލިޔުމެއް ހުށަހެޅުމުން، ލެވެލް 3ގެ ސަނަދެއް ގޮތުގައި ބެލެވޭނެއެވެ.)

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރެއްގެ ކިބައިގައި ހުންނަންވާ އެހެނިހެން ސިފަތައް:

  1. ޢުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ ދިވެހި ރައްޔިތެއްކަމުގައިވުން.
  2. އިސްކޮޅުގައި '5 (ފަސް) ފޫޓް ހުރުން.
  3. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މަސްޢޫލިއްޔަތު އަދާކުރެވޭފަދަ ފުރިހަމަ ސިއްޙަތެއްގައި ހުރިކަން ސާބިތުކުރުން (އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައި ދެވޭނީ އޭވިއޭޝަން (ކްލާސް 3) ގެ މެޑިކަލް ހެދުމަށްފަހު އެ މެޑިކަލް އިން ފާސްވުމުންނެވެ).

ނޯޓް: މި މަޤާމަށް ހޮވޭ މުވައްޒަފުން މަޤާމުގެ ބޭސިކް ޓްރެއިނިން ދެވޭ މުއްދަތުގެ ތެރޭގައި ފުރިހަމަކޮށް ފާސްވުމުން، ސީ.އެސް 3-1 ގެ ރޭންކުގެ ފުރަތަމަ ގްރޭޑަށް ކުރިއެރުން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25%

އިންޓަރވިއު

35%

 

 

 

 

 

 

 

 

މަޤާމުގެ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ ނޭޝަނަލް ސެކިއުރިޓީ ދާއިރާގައި (މޯލްޑިވްސް ޕޮލިސް ސާރވިސް، މޯލްޑިވެސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ކަރެކްޝަލަން ސާރވިސް އަދި އޭވިއޭޝަން ސެކިއުރިޓީ) ގެ މަސައްކަތުގެ ތަޖުރިލިބާ ލިބިފައިވާނަމައެވެ.

މީގެ އިތުރުން ތިރީގައި މި ދަންނަވާ ކަންތައްތަކަށް ބެލޭނެއެވެ.

  • ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ކޮންމެ އެއަރޕޯރޓެއްގައިވެސް އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ޝިފްޓް ޑިއުޓީ އުޞޫލުން މަސައްކަތް ކުރެވޭނެ ސިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
  • ޔުނިފޯރމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 މާރިޗް 2023 ގެ 14:00 ކުރިން، ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއަރޓަސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިޙާން އޮންނާނީ، 12 މާރިޗް 2023 އާއި 22 މާރިޗު 2023 ދެމެދު، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއަރޓަރސް، ހުޅުލޭ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3013436/ 3013370 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

16 ފެބުރުވަރީ 2023
ހޯދާ