ދިވެހިރާއްޖެ
| 
 މަތީތަޢުލީމަށް ދާއިމީ ގޮތެއްގައި މާލީއެހީ ދިނުމުގެ ސްކީމް ތަކުގެތެރެއިން ޓާޝަރީސްޓޫޑެންޓްސް ލޯންސްކީމްގެދަށުން ތިރީގައިވާ ލޯނުގެ ފުރުޞަތުތައް ވަނީ ހުޅުވާލެވިފައެވެ. (އަލަށް ކިޔަވަންފަށާ ދަރިވަރުން) – ޑިސެންބަރު 2014  | 
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 
 ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުޞަތު: 
 ރާއްޖޭން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުޞަތު: 
 ނޯޓް: މިލޯނު އެހީ ހޯދުމަށްޓަކައި ކޮންމެ ފަރާތަކުންވެސް ހުށަހެޅޭނީ 1 އެޕްލިކޭޝަންފޯމެވެ. 1 އެޕްލިކޭޝަނަށްވުރެ އިތުރަށް ހުށަހަޅާއިފިނަމަ ހުރިހާ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.  | 
 ކޯހުގެ ދާއިރާ/ ޢަދަދު  | 
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 
 މިސްކީމުން ލޯނުއެހީ ދެވޭނީ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. ހ. ތަޢުލީމީ މަރުޙަލާއެއް ނިމި އާ މަރުޙަލާއެއްގެ ކިޔެވުން ފަށަން އެދޭ ދަރިވަރެއްކަމުގައިވުން. ށ. ދިވެހި ރާއްޖޭގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 5 ން ފެށިގެން އެމް.އެން.ކިޔު.އެފް. ލެވެލް 7 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށްއެދޭ ފަރާތަކަށް ވުން. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 7 ގެ ފެންވަރުގެ ކޯހެއްގައި ކިޔެވުމަށްއެދޭ ފަރާތަކަށް ވުން. ނ. ފުލްޓައިމް ދަރިވަރުންގެ ގޮތުގައި ކިޔަވަން ހުށައަޅާ ފަރާތަކަށްވުން. ރ. ފުރިހަމަ ކުރަން ބޭނުންވާ ކޯހަކީ ސްކިލްސް ޝޯޓޭޖު ލިސްޓްގައި ފާހަގަ ކުރެވިފައިވާ ކޯހަކަށްވުން. ބ. ލޯނަށްއެދި ހުށައަޅާ ފަރާތުން ފުރިހަމަ ކުރަން ބޭނުންވާ ކޯހަކީ މިހާރު ހާސިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. ޅ. ރާއްޖެއިން ބޭރުގައި ކިޔެވުމަށް އެދޭ ކޯހެއްނަމަ، އެކޯހަކީ ކޯސްހަދާ ޤައުމުގެ ލޯކަލް ކޯހެއްކަމުގައިވުން. ކ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެ ގޮތުގައި ނުވަތަ ލޯނުއެހީގެ ގޮތުގައި ފުރުޞަތު ލިބިގެން ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން. އ. ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް ލޯނެއް ނަގާފައިވާނަމަ ގަވާޢިދުން ފައިސާ ދައްކަމުން ގެންދާ ފަރާތެއް ކަމުގައި ވުން. ވ. ޑިޕާރޓްމެންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ބްލެކްލިސްޓްކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓް ވެފައިވާ ފަރާތެއް ކަމުގައި ނުވުން. މ. ލޯނަށްއެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީ ނުވަތަ ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުޞަތު ލިބިގެން ކިޔެވުމަށްފަހު ބޮންޑްގެ ޚިދުމަތަށް ރިޕޯޓްނުކުރާ ފަރާތެއް ކަމުގައި ނުވުން. ފ. ލޯނަށް އެދޭ ފަރާތަކީ ލޯނުގެ ގޮތުގައި ނެގި ފައިސާ، ލޯނުއެހީ ނަގާއިރު ބޭންކް އޮފް މޯލްޑިވްސްއާ އެކު ހަދާ އެއްބަސްވުމުގައިވާ ފަދައިން ލޯނުއެހީ ނެގި ބޭންކަށް ދައްކަން އެއްބަސްވާ ފަރާތެއްކަމުގައިވުން. ދ. ލޯނުއެހީއަށް އެދޭފަރާތުން ލޯނުފައިސާ އަނބުރާ ނުދައްކައިފިނަމަ، އެފައިސާ ދެއްކުމަށް ޖާމިނުވާ ގެރެންޓަރ އެއްހުރުން. ތ. ކިޔެވުމަށް ލޯނުއެހީ ހޯދުމަށް ހުށައަޅާ ކޯހަކީ ކިޔެވުމަށް ބޭނުންވާ މަރުކަޒުގައި މިހާރުވެސް ހިންގާ ކޯހެއްކަމުގައިވުން. ލ. ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ދަރިވަރެއްނަމަ، ކިޔަވަން އެދޭ ކޯހަކީ މި ލޯނު ސްކީމުގެ އެނެކްސް 8 ގައިވާ ލިސްޓްގައި ހިމެނޭ ކޯހެއްކަމުގައި ނުވުން. ގ. ލޯނުއެހީ ލިބިގެން ކިޔަވާ ނިމުމަށްފަހު، ސަރުކާރުން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް ބޮންޑުކުރުމަށް އެއްބަސްވާ ދަރިވަރެއްކަމުގައިވުން. ޏ. ޢުމުރުން 18 އަހަރު ފުރިފައިވުން. ސ. ދިވެހި ރައްޔިތެއްކަމުގައިވުން.  | 
 ޝަރުޠު  | 
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
 
 
 
 
 
 
  | 
 އިތުރު މަޢުލޫމާތު:  | 
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
  | 
 ހުށަހަޅަންޖެހޭ ތަކެތި:  | 
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
  | 
 އެޕްލިކޭޝަން ފޯމު ދޫކުރުން:  | 
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 
 އެޕްލިކޭޝަންފޯމު ބަލައިގަތުން އޮންނާނީ 2015 ޖެނުއަރީ މަހުގެ 18 ން 22 އަށް ހެދުނު 9.00 ން ފެށިގެން 15:00 އާދެމެދުއެދުވަހަކަށް ދޫކޮށްފައިވާ ނަމްބަރުތައް ނިމެންދެން، ވެލާނާގޭ ދެވަނަ ތަޅުމުގައެވެ.  | 
 ސުންގަޑި:  | 
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 
 ނަމްބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑުކުރައްވާ ފަރާތްތަކަށް މިމުއްދަތުގައި މި ޑިޕާރޓްމެންޓަށް ވަޑައިގަތުމުން، މި ޑިޕާރޓްމެންޓްގެ ކައުންޓަރުން ނަމްބަރު ލިބިވަޑައިގަންނަވާނެއެވެ.  | 
 ނަމްބަރު ދޫކުރުން:  | 
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 
 އިތުރު މަޢުލޫމާތު: ޓާޝަރީސްޓޫޑެންޓްސް ލޯންސްކީމްގެ އުސޫލާއި އުސޫލުގެ އެޕެންޑިކްސް އަދި އެޕްލިކޭޝަން ފޯމު ބެއްލެވުމަށްފަހު، ސާފުނުވާކަމެއް އޮވެއްޖެނަމަ، އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341388، 3341381 ފޯން ނަމްބަރަށެވެ.  | 
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
