ދިވެހިރާއްޖެ
| 
 ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމް – ރާއްޖޭއާއި ރާއްޖެއިން ބޭރުގައި މިހާރު މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް (އޮންގޮއިންގ)– ޑިސެމްބަރ 2014  | 
||||||||||||||
| 
 ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމް – ޑިސެންބަރު 2014 ގެ ދަށުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުޅުވާލެވިފައިވާ ސްކިލްސް ޝޯޓޭޖް ލިސްޓް ގައި ހިމެނޭ ދާއިރާގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރުން.  | 
 ކޯހުގެ ދާއިރާ:  | 
|||||||||||||
  | 
 ފުރުޞަތުތަކުގެ ތަފުސީލު  | 
|||||||||||||
| 
 މިސްކީމުން ލޯނު އެހީދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ. ހ. އެހީއަށް އެދި ހުށަހަޅާ ދަރިވަރަކީ މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއްކަމުގައިވުން. މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއް ކަމުގައި ބެލޭނީ، 1 ޑިސެންބަރު 2014 ގެ ކުރިން ކިޔެވުން ފެށިފައިވުމާއެކު 1 ޑިސެންބަރު 2014 އަށް ފަހު ސެމިސްޓަރގެ ކިޔެވުން ނުފެށޭ ދަރިވަރުންނެވެ. ށ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ މަރުކަޒަކުން ވެލިޑޭޓްކުރާ ކޯހެއް ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވުން. އިންޓާރންޝިޕް ހަދާ ދަރިވަރުންވެސް މީގެތެރޭގައި ހިމެނޭނެއެވެ. ނ. ފުލްޓައިމް ކޯހެއްގައި ތަޢުލީމު ހާސިލުކުރާ ދަރިވަރެއްކަމުގައިވުން. ރ. ޑިޕާޓްމަންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ސްކިލްސް ޝޯޓޭޖު ލިސްޓްގައި ފާހަގަކޮށްފައިވާ ކޯހެއް ފުރިހަމަކުރާ ދަރިވަރަކަށްވުން. ބ. މިހާރު ހާސިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރާ ދަރިވަރެއްކަމުގައިވުން. ޅ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހިލޭ އެހީގެ ގޮތުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރަކު ކަމުގައިނުވުން. ކ. ލޯނުއެހީ ލިބިގެން ކިޔަވައި ނިމިފައިވާ ދަރިވަރެއްނަމަ، ޤަވައިދުން ލޯނުއެހީގެ ފައިސާ، އަނބުރާ ދައްކަމުންދާ ދަރިވަރެއްކަމުގައިވުން. އ. ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މަތީ ތަޢުލީމަށް މާލީ އެހީއެއް ލިބިފައިވާ ދަރިވަރެއްކަމުގައި ނުވުން. ވ. ލޯނުއެހީއަށް އެދި ހުށަހަޅާ ކޯހަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކްގެ ލެވެލް 7 ނުވަތަ 8 ގެ ކޯހެއްކަމުގައިވުން.  | 
 ޝަރުޠުތައް  | 
|||||||||||||
  | 
 އިތުރު މަޢުލޫމާތު:  | 
|||||||||||||
  | 
 ހުށަހަޅަންޖެހޭ ތަކެތި:  | 
|||||||||||||
 
  | 
 އެޕްލިކޭޝަން ފޯމު ދޫކުރުން:  | 
|||||||||||||
| 
 އެޕްލިކޭޝަން ފޯމު ބަލައިގަތުން އޮންނާނީ 2015 ޖަނަވަރީ މަހުގެ 18 ން 22 އަށް ހެދުނު 9.00 ން ފެށިގެން 15:00 އާ ދެމެދު އެދުވަހަކަށް ދޫކޮށްފައިވާ ނަމްބަރުތައް ނިމެންދެން، ވެލާނާގޭ ދެވަނަ ތަޅުމުގައެވެ.  | 
 ސުންގަޑި:  | 
|||||||||||||
| 
 ނަމްބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑުކުރައްވައި ފަރާތްތަކަށް މިމުއްދަތުގައި މި ޑިޕާޓްމަންޓަށް ވަޑައިގަތުމުން، މި ޑިޕާޓްމަންޓްގެ ކައުންޓަރުން ނަމްބަރު ލިބިވަޑައިގަންނަވާނެއެވެ.  | 
 ނަމްބަރުދޫކުރުން:  | 
|||||||||||||
| 
 އިތުރު މަޢުލޫމާތު: ޓާޝަރީސްޓޫޑެންޓްސް ލޯންސްކީމްގެ އުސޫލާއި އުސޫލުގެ އެޕެންޑިކްސް އަދި އެޕްލިކޭޝަން ފޯމް ބެއްލެވުމަށްފަހު، ސާފުނުވާ ކަމެއް އޮވެއްޖެނަމަ، އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341388، 3341381 ފޯން ނަންބަރަށެވެ.  | 
||||||||||||||
