ދިވެހިރާއްޖެ
އިޢުލާން
ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ޑަންޕް ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ޑަންޕް ޕިކަޕެއް ހޯދުމަށް މިއިދާރާއިން ކުރެވުނު ނަންބަރު (IUL)406-esms-m/INDIV/2023/14 އިޢުލާނާއި ގުޅިގެން ފޯރުކޮށްދެވުނު މަޢުލޫމާތު ޝީޓް އަލުން އިސްލާޙް ކުރުމަށް ބޭނުންވާތީ އެ އިޢުލާން ބާޠިލްކޮށް، އަލުން އިސްލާޙްކުރެވުނު މަޢުލޫމާތާއި އެއްގޮތަށް އައު ޕިކަޕެއް ގަނެ، ރޯޑްވާދިނަސް ހަދައި ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށް ރަށާއި ހަމައަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
21 ފެބުރުވަރީ 2023 |
އަންގާރަ ދުވަހުގެ 13.00 |
އަންދާސީ ހިސާބު ހުށަހެޅުން |
26 ފެބުރުވަރީ 2023 |
އާދީއްތަ ދުވަހުގެ 11:00 |
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދެވޭނެއެވެ. މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ 6820017 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ރަޖަބު 1444
16 ފެބުރުވަރީ 2023