ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބުރުނީ މަސްޖިދުލްފަލާޙް (ބުރުނީ ހުކުރު މިސްކިތް) އިމާރާތުގެ އިތުރަށް ހަދާފައިވާ ބައި ނީލަން ކިޔުން

ސުނާމީ ކާރިސާގައި ވިލުފުށީ މީހުން ވަގުތީގޮތުން ބުރުންޏަށް ބަދަލުވި ވަގުތުގައި ބުރުނީ މަސްޖިދުލްފަލާޙް (ބުރުނީ ހުކުރުމިސްކިތު) ގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމުގެ ގޮތުން މިސްކިތުގެ އުތުރުފަޅީގައި ދަގަނޑު ހޮޅިން ގިއުގަނޑު ހަދައި ޓިނުން ހިޔާކޮށްފައިވާ x 23 x 40  ފޫޓް އިމާރާތް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެ އެވެ.

ވީމާ، މި އިމާރާތާއި ތަކެތީގެ ނީލަމުގައި ބައްލަވައިގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެންބަރު 2014 ދުވަހުން ފެށިގެން މި އިދާރާއަށް ސިޓީއަކުން އަގު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ހުށަހެޅިފައިވާ އެންމެމަތީ އަގު މި އިދާރާގެ ނޯޓިސްބޯޑުގައި ފެންނަން ހުންނާނެއެވެ. އަދި މިއަތޮޅުގެ ރަށްރަށުގެ ކައުންސިލް އިދާރާތްތަކުގެ ނޯޓިސްބޯޑްގައި ބެހެއްޓުމަށް އެ ކައުންސިލްތަކަށް ފޮނުވޭނެއެވެ. ޖެހިޖެހިގެން ބަންދުނޫން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވެނޭއެވެ. ނީލަން ފެށޭ އަގަކީ -/25000ރ (ފަންސަވީސް ހާސް ރުފިޔާ) އެވެ. ފަހަރަކު އިތުރުކުރެވޭނީ -/1000ރ (އެއް ހާސް ރުފިޔާ) އެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6780038، 9749955 މި ނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.               

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                                                     25 ޞަފަރު 1436

17 ޑިސެންބަރު 2014
ހޯދާ