މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސާރކް ޔޫތު އެވޯޑް 2014: ޔޫތު ލީޑަރޝިޕް އިން ޕްރިންޓް އެންޑް އިލެކްޓްރޯނިކް މީޑިއާ

ސުރުޚީގައި އެވާ އެވޯޑަށް ނަން ހުށަހެޅުމަށް 19 ސެޕްޓެންބަރު 2014 ގައި ކުރެވުނު ނަންބަރު (IUL)141-YC/1/2014/252 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އަދި ސާރކް ސެކްރެޓޭރިއަޓުންވަނީ އަލުން ނަން ހުށަހެޅުމަށް ފުރުޞަތު ދެއްވާފައެވެ. އެހެންކަމުން، އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.

ސާރކް ޔޫތު އެވޯޑަކީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާރކް) އިން 1996 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޒުވާނުންގެ ތެރެއިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާނުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. މިއެވޯޑް ދެވެނީ އަހަރަކަށް ކަނޑައެޅިފައިވާ ޝިޢާރާ ގުޅޭ، ސާރކްގެ މެމްބަރު ޤައުމުތަކުގެ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުފުރައިގެ ޒުވާނުންނަށެވެ. މިގޮތުން، މިއަހަރުގެ ޝިޢާރަކީ "ޔޫތު ލީޑަރޝިޕް އިން ޕްރިންޓް އެންޑް އިލެކްޓްރޯނިކް މީޑިއާ" އެވެ. އަދި މިއަހަރުގެ އެވޯޑް ޚާއްޞަ ކުރެވިފައިވަނީ އަންހެނުންނަށެވެ.

މި އެވޯޑަށް ހޮވޭ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ސާރކް ރަން މެޑަލްގެ އިތުރުން، US$3000 (ތިންހާސް އެމެރިކާ ޑޮލަރު) އަދި ހަނދާނީ ލިއުމެއް ސާރކް ސެކްރެޓޭރިއަޓްގެ ފަރާތުން ދޭގޮތަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެވޯޑަށް ހޮވޭ ފަރާތްތައް އެވޯޑް ޙަފްލާއަށް ދިއުމާއި އެނބުރިއައުމުގެ ޚަރަދު ސާރކްއިން ދޭގޮތަށް ވަނީހަމަޖެހިފައެވެ. މީގެ އިތުރުން ހުރުމުގެ އެލަވަންސްވެސް ވަނީ އެފަރާތުން ދޭގޮތަށް ނިންމާފައެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއެވޯޑަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ފޯމު ފުރުއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި 24 ޑިސެންބަރު 2014 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން ޒުވާނުންގެ މަރުކަޒުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރު (ވެލާނާގެ 3 ވަނަ ފަންގިފިލާ)، ޒުވާނުންގެ މަރުކަޒުގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓް www. youth.gov.mv އިންނެވެ.  އިތުރު މަޢުލޫމާތު ޒުވާނުންގެ މަރުކަޒުގެ ނަންބަރު 3323860 އަދި 3332069 އިން، އަދި މިނިސްޓްރީގެ ވެބްސައިޓްއިން ލިބިވަޑައިގަންނަވާނެއެވެ.

22  ޞަފަރު   1436

14 ޑިސެންބަރު 2014
ހޯދާ