މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ތުލުސްދޫގެ އިރު އުތުރު ފަރާތުގެ ޓޫރިސްޓް ބީޗް ތަރައްޤީ ކުރާނެ ފަރާތެއް ހޯދުން.

އިޢުލާން

 

ކ. ތުލުސްދޫގެ އިރުއުތުރު ފަރާތުގެ ޓޫރިސްޓް ބީޗް ތަރައްޤީ ކުރާނެ ފަރާތެއް ހޯދުން.

 

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތުލުސްދޫ އިރުއުތުރު ފަރާތު ޓޫރިސްޓް ބީޗް ތަރައްޤީ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިބީޗް ތަރައްޤީ ކުރާ ފަރާތަކަށް މިބީޗްގެ ހުޅަނގު ފަރާތުން 2000 އަކަފޫޓްގެ ބިން އެފަރާތުން މިމައުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ފުރުސަތު 20 އަހަރަށް ލިބިގެންދާނެއެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 20 ފެބްރުއަރީ 2023 ވަނަ ދުވަހު 13:00 ގެ ކުރިން މިއިދާރާގެ ފޯނު ނަންބަރު 6640183 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާ އީމެއިލް ([email protected])   އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް 20 ފެބްރުއަރީ 2023 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 11:00 އަށް ޕޮރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ފެބުރުވަރީ 2023
ހޯދާ