ދިވެހިރާއްޖެ
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުން |
||
720 ފުރުސަތު |
ލޯނު ފުރުސަތުގެ އަދަދު: |
|
ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ށ. ލައިސަންސް |
ފެންވަރު: |
|
މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ޖަދުވަލު 1 ގައި ހިމަނާފައިވާ ދާއިރާތައް. |
ދާއިރާ: |
|
"ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު" ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް. |
ޝަރުތުތައް: |
|
ލޯނަށް އެދި ފޯމު ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގައި ޗެކްލިސްޓަށް ސަމާލުކަންދެއްވުން މުހިންމެވެ. |
ލޯނަށް އެދި ފޯމު ހަށަހަޅާނެ ގޮތް: |
|
15 މާރޗް 2023 ވާ ބުދަ 13:30 |
އެޕްލިކޭޝަން ހުށަހެޅޭނެ ސުންގަޑި: |
|
މި ސްކީމުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 2 (ދޭއް) ކެޓަގަރީއަކަށް. އެއީ: 1. އަލަށް ކިޔަވަންފަށާ ދަރިވަރުން: އަލަށް ކިޔަވަންފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ 1 ޖަނަވަރީ 2023 ނުވަތަ އޭގެ ފަހުން ޕްރޮގްރާމެއްގައި ކިޔަވަންފަށާ ދަރިވަރުން. 2. މިހާރު ކިޔަވަމުންދާ ދަރިވަރުން: މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ގޮތުގައި ބަލާނީ 1 ޖަނަވަރީ 2023 ގެ ކުރިން ކޯހެއްގައި ކިޔަވަން ފަށާފައިވާ ދަރިވަރުން. |
ކެޓަގަރީތައް: |
|
- ކޮންމެ ދަރިވަރަކުވެސް ހުށަހަޅަންވާނީ އެއް އެޕްލިކޭޝަން ފޯމު. (އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޭގައި ބަޔާންކުރާ ހުރިހައި ލިޔުންތަކާ އެކުގައި) - މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކެޓެގަރީން އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުން މިހާރު ކިޔަވަމުންދާކަމާއި ކޯސް ނިންމުމަށް ބާކީ އޮތް މުއްދަތު އެނގޭނެ، ކިޔަވަމުންދާ މަރުކަޒުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. |
އެޕްލިކޭޝަން ހުށަހެޅުން: |
|
- ރާއްޖޭގައި ފުރިހަމަކުރެވޭ ކޯސްތަކުގެ ލިސްޓުގައި ހިމެނޭ ކޯހަކަށް ރާއްޖެއިން ބޭރުގައިވާ ދިވެހި އެމްބަސީތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާ ނުވަތަ ޤާނޫނީގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތެއް ކުރިމަތިލާނަމަ، އެފަރާތެއް ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާކަމުގެ ރަސްމީ ލިޔުމެއް (ދިރިއުޅެމުންދާ ޤައުމުގެ ދިވެހި އެމްބަސީގެ ނުވަތަ ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ) ހުށަހެޅުން. |
އިތުރު މަޢުލޫމާތު: |
|
- އެމްބީބީއެސް/ޑެންޓިސްޓްރީ ކޯހަކަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކޯހަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވުން. |
||
- އެމްބީބީއެސް/ޑެންޓިސްޓްރީ ކޯހަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރީ މެޑިސިން ފުރިހަމަކޮށްފައިވާ ފަރާތެއްނަމަ، ފުރިހަމަކޮށްފައިވާ ޕްރީ މެޑިސިން ކޯހަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލްކުރާ ކޯހެއް ކަމުގެ ލިޔުން ހުށަހެޅުން. |
||
- ފުލް ޓްރާންސްކްރިޕްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް) ހުށަހެޅުން. |
||
- ހުށަހަޅާ ޓްރާންސްކްރިޕްގެ ގްރޭޑިންގ ކްރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހެޅުން، ނޫންނަމަ ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުން. (ޖަދުވަލު 5 ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލު) |
||
- ކިޔަވަން އެދޭ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ހޯދާފައިވާ ސަނަދެއްނަމަ، އެހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. |
||
- ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދިނުމުގެ ކުރިން ބޭނުން ކުރުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް ނުވަތަ ލިޔުމެއް، ސެޓްފިކެޓްގެ ބަދަލުގައި ހުށަހަޅާނަމަ، އެއާއިއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހެޅުން. އަދި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. |
||
- ފައުންޑޭޝަން ކޯހުގެ ސެޓްފިކެޓް ހުށަހަޅާނަމަ ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަނގައިދޭ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް ހުށަހެޅުން. އަދި އެސެޓްފިކެޓާއެކު އޭގެ ފުލް ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. |
|
|
- ހުށަހަޅާ އެއްވެސް ލިޔެކިޔުމަކީ ދިވެހި، އިގިރޭސި ނުވަތަ އަރަބި ބަހުން ނޫން ބަހަކުން އޮތް ލިޔުމެއް ކަމަށްވާނަމަ، އެ ލިޔުމެއްގެ އިނގިރޭސި ތަރުޖަމާ ހުށަހަޅަންވާނެއެވެ. |
|
|
- އެޕްލިކޭޝަނާއިއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާ އެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅަންވާނެއެވެ. |
|
|
- މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލެވިފައިވާ ފުރުސަތެއް. - މި ލޯނުގެ ދަށުން ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 7 ލައްކަ ރުފިޔާ އަށް ވުރެ ބޮޑުނުވާ އަދަދަކަށް. - ޓޮޕްއަޕް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމުގައި، "ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ފަދައިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުންދާ ފަރާތްތަކަށް ލޯނު ދިނުމުގައި، ޕްރޮގްރާމް ނިންމުމަށް އެންމެ ކުރު މުއްދަތެއް އޮތް ފަރާތްތަކަށް އިސްކަންދެވޭނެ. - ޓޮޕްއަޕް ލޯނަށް އެޕްލިކޭޝަން ހުށަހަޅާނަމަ، "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު" ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައި ސަބަބަކާ ގުޅޭ ލިޔުން ހުށަހަޅަންވާނެއެވެ. |
ޓޮޕްއަޕް ލޯނު: |
|
- މިއީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޑޮކްޓޯރަލް ސްޓަޑީސް ލެވެލްގެ ޕްރޮގްރާމެއް ކިޔެވުމަށްޓަކައި ހުޅުވާލެވިފައިވާ ފުރުސަތެކެވެ. - ދިވެހިރާއްޖޭގެ ކޮންމެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކަށް 1 ފުރުސަތު ދެވޭނެއެވެ. - މި ފުރުސަތައް އެދި އެޕްލިކޭޝަން ހުށަހަޅާނަމަ، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒާއި އެކު ޚިދުމަތް ކުރުމަށް އެއްބަސްވާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. |
ޔުނިވަރސިޓީ/ކޮލެޖް/މޯލްޑިވްސް ޕޮލިޓެކްނިކް އަށް ހުޅުވާލެވޭ ޖާގަ: |
|
- ލޯނަށް އެދި ހުށަހަޅާއިރު ސެކަންޑްރީ/ހަޔަރ ސެކަންޑްރީ އިމްތިހާން ނުވަތަ އައިބީ ޑިޕްލޮމާ ފިޔަވައި ރާއްޖޭން ބޭރުގައި ކިޔަވައިގެން ހާޞިލްކޮށްފައިވާ ރާއްޖޭގައި އާއްމުކޮށް ބޭނުންނުކުރާ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެސެޓްފިކެޓްގެ ފެންވަރު ބަޔާންކޮށްދޭ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. - ރާއްޖޭން ބޭރުގެ ތަނަކުން ދޫކޮށްފައިވާ މަތީ ތަޢުލީމުގެ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެ ސެޓްފިކެޓެއް އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްކޮށްފައި. - މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްނުކުރާ ޕްރޮވިޝަނަލް ސެޓްފިކެޓާއި ފައުންޑޭޝަން ކޯހުގެ ސެޓްފިކެޓް ފަދަ ސެޓްފިކެޓެއް ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަނގައިދޭ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ލިޔުން ހުށަހެޅުން. އަދި އެސެޓްފިކެޓާއެކު އޭގެ ފުލް ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. |
ވެލިޑޭޓްކުރުން: |
|
އެޕްލިކޭޝަން ޗެކްކޮށްދިނުމަށްފަހު އެކި މަރުހަލާތަކުގައި ތިރީގައި ބަޔާންކޮށްފައިވާ ސްޓޭޓަސްތަކަށް އެޕްލިކޭޝަންގެ ސްޓޭޓަސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ބަދަލުކުރެވޭނެ. Application Submitted: މާނައަކީ އެޕްލިކޭޝަން މިނިސްޓްރީއަށް ލިބިއްޖެ Application Complete: މާނައަކީ އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ Application Incomplete & Requires Resubmission: މާނައަކީ އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމައެއްނޫން އަދި މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އަލުން އެޕްލިކޭޝަން ހުށަހަޅަން ޖެހޭ Resubmitted Application Received: މާނައަކީ އެޕްލިކޭޝަން އަލުން ހުށަހެޅުމުން މިނިސްޓްރީއަށް ލިބިއްޖެ Selected: މާނައަކީ ލޯނު ފުރުސަތަށް ހޮވިފައި Not selected: މާނައަކީ ޝަރުތު ފުރިހަމަވި ނަމަވެސް، ކަނޑައެޅިފައިވާ ޖާގައިގެ ތެރެއިން ހޮވޭ މިންވަރަށް ޕޮއިންޓް ލިބިފައިނުވުން ލޯނުގެ ފުރުސަތަށް ނުހޮވޭ Disqualified: މާނައަކީ ލޯނުގެ ފުރުސަތަށް ޝަރުތު ފުރިހަމަނުވޭ
- އިއުލާނުގެ މުއްދަތު ހަމަވުމުގެ 14 ދުވަސް ކުރިން (2 މާރޗް 2023 ދުވަހުގެ ކުރިން) ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީއިން ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭނަމަ އެކަން އަންގައި ރަނގަޅު ކުރުމަށް ފުރުސަތު ދެވޭނެއެވެ. މި އިއުލާނުގެ މުއްދަތުގެފަހު 14 ދުވަހު (2 މާރޗް 2023 ފެށިގެން) ހުށަހަޅާ އެޕްލިކޭޝަންތަކަށް މި ފުރުސަތު ދެވެން ނޯންނާނެއެވެ.އެޕްލިކޭޝަން ރަނގަޅުކުރުމަށް ފުރުސަތު ދެވޭ ފަރާތްތަކުންވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި 15 މާރޗް 2023 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމް ރީސަބްމިޓްކުރަންވާނެ. |
އެހެނިހެން: |
|
މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ޖަދުވަލުތައް ތިރީގައި މިވަނީ: |
ޖަދުވަލު: |
|
ހުޅުވާލާފައިވާ ޖާގައިގެ އަދަދާއި. ސްލޮޓްތައް. |
ޖަދުވަލު 1: |
|
ލޯނުގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ލިސްޓު. |
ޖަދުވަލު 2: |
|
މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކްގެ މިނިމަމް އެންޓްރީ ރިކްއަރމަންޓް. |
ޖަދުވަލު 3: |
|
ނޭޝެނަލް ޓްރެއިނިންގ ނީޑްސް ލިސްޓު. |
ޖަދުވަލު 4: |
|
ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލު. |
ޖަދުވަލު 5: |
|
ލޯނުގެ ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު. |
ޖަދުވަލު 6: |
|
ރާއްޖޭގައި ހިންގާކަމަށް މިނިސްޓްރީން ކަނޑައަޅާ ކޯސްތަކުގެ ލިސްޓު. |
ޖަދުވަލު 7: |
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް: ފޯނު: 3026971، 3026927، 3026924 އީމެއިލް: [email protected] ވެބްސައިޓް: https://www.mohe.gov.mv |