ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެބްރުއަރީ މަހު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 27 ފެބުރުވަރީ 2023 ވާ ހޯމަ ދުވަހުގެރޭ 20:30 ގައި ބަނޑިދޫ އީ-ސެންޓަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަން ޙިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
- 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
- 2022 ވަނަ އަހަރުގެ މާލީބަޔާން
- 2023 ވަނަ އަހަރުގެ ކައުންސިލް މަސައްކަތު ތާވަލް އަދި ބަޖެޓް ރައްޔިތުންނާއި ހިއްސާކުރުން
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
15 ފެބުރުވަރީ 2023
ހޯދާ