ދިވެހިރާއްޖެ
ނަންބަރު: (IUL)345-CAA/345/2023/7
އިޢުލާން
|
1444 ވަނަ އަހަރުގެ ރަމަޟާންމަހަށް މިސްކިތު އާބާތުރަ ފިލުވުމަށާއި، ތަރާވީޙް ނަމާދުކުރުމަށް ގެންނަ ހާފިޒްގެ ކަންތައްތައް ހަމަޖެއްސުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމާގުޅޭ: |
1444 ވަނަ އަހަރުގެ ރަމަޟާންމަހަށް މިސްކިތްތަކުގެ އާބާތުރު ފިލުވުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމަށް ނުވަތަ އެކަމަށް ދާނެ ހަރަދު ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށާއި، ތަރާވީޙް ނަމާދުކުރުމަށް ގެންނަ ހާފިޒްގެ ކަންތައްތަކަށް އެހީތެރިވެދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ބޭނުންވާ ކަންތައްތައް ތިރީގައި އެވަނީއެވެ.
|
# |
ފަލާޙް މިސްކިތަށް ބޭނުންވާ ތަކެތީގެ ތަފްސީލް |
އަދަދު |
|
1 |
ވުޟޫކުރާ ތަނާއި މިސްކިތާއި ދެމެދު ގާގަނޑު ހަދާ ހިޔާކުރުން |
- |
|
2 |
ސީލިންގް ބޯޑަރ މަރާމާތުކުރުން (އަންހެނުންގެ ބައި) |
- |
|
3 |
ފާޚާނާއެއް އަދި ވުޟޫކުރާތަން ހެދުން (އަންހެނުންގެ ބައި) |
- |
|
4 |
ވަޅުގެ މަތިގަނޑު މަރާމާތުކުރުން |
- |
|
5 |
ހަތިމް ބަހައްޓާ ހަރު ވަރނިސްކުރުން |
- |
|
6 |
ގޭޓް ލައިޓް ބަދަލުކުރުން |
4 |
|
7 |
ޑިސްޕޯސިބަލް ފެންބޯ ތަށި (ކަރުދާސް)(6 އައުންސް) |
4 ކޭސް |
|
8 |
ފާރުގައި ހަރުކުރާ ފަންކާ |
1 |
|
9 |
ފެން ކޭސް 5(ލީޓަރ) (ދެމިސްކިތަށް) |
25 |
|
10 |
މައިކް (ބޮލުގައަޅާ) |
1 |
|
11 |
މިސްކިތު ފުރާޅުގެ ޓިނުއިސްކުރު ބަދަލުކުރުން |
- |
|
12 |
އޭސީ ސަރވިސްކުރުން |
- |
|
# |
ހުކުރު މިސްކިތަށް ބޭނުންވާ ތަކެތީގެ ތަފްސީލް |
އަދަދު |
|
1 2 |
ފާހާނާ ތަށިސެޓް ބަދަލުކުރުން |
1 |
|
2 |
ފާހާނާ ދޮރާއި ދޮރުފަތް ބަދަލުކުރަން |
1 |
|
3 |
ތަނބުތަކުގައި ދަބަރު ކަހައި ދަވާދުލުން |
- |
|
4 |
މިސްކިތަށް އަރާ ސިޑި ކައިރީގައި ހިފަހައްޓާ ތަން ހެދުން |
- |
ތަރާވީޙް ނަމާދުކުރުމަށް ގެންނަ ހާފިޒްގެ ޙަރަދުތައް:
|
# |
ތަފްޞީލް |
ޚަރަދު |
|
1 |
ތަރާވީޙް ނަމާދު ކުރާ ހާފިޒްގެ ކެއުމުގެ އިންތިޒާމް |
4500 |
|
2 |
ތަރާވީޙް ނަމާދު ކުރާ ހާފިޒް ހުރުމުގެ އިންތިޒާމް (އޭސީ ކޮޓަރީ) |
7000 |
ވީމާ، މަތީގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަސައްކަތް ކޮށްދިނުން، ފައިސާގެ އެހީ ނުވަތަ ތަކެތި ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ 6660059 ނަމްބަރަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލްކުރައްވައިގެން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ. ފުރަތަމަ ހުށަހަޅާ ފަރާތަކަށް ފުރަތަމަ ފުރުޞަތު ދެވޭނެވާހަކަ ދަންނަވަމެވެ. މިފުރުޞަތުގައި މިފަދަ ކަންކަމަށް އެންމެހާ ފަރާތްތަކުން ދެއްވާ ދީލަތި އެހީތެރިކަމާއި އެއްބާރުލުމަށް އިޙްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
