ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1.5 ގެ ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

   މި އިދާރާގެ އިޢުލާން ނަންބަރު (IUL)260/260/2022/116 ( 11 ޑިސެމްބަރު 2022 )  އާއި ގުޅިގެން ހުށަހަޅާފައިވާ ބިޑް ބާތިލްވެފައިވާތީ އަލުން އިއުލާންކުރަމެވެ.

  މިރަށުގައި ކުނި މެނޭޖްކުރާ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، އެމަސައްކަތް ބޭނުންވާ 1500KG ގެ ޕިކަޕެއް ގަންނަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިއުލާނާއި އެކު ހިމެނިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް  ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތުގެ "ބީލަން ފޮތް" މިއިޢުލާނާއެކު، ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައިވާނެއެވެ. އަދި މިކައުންސިލާއި، ގުޅުއްވުމުންވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލް ޒަރީއާއިން ޑޮކިއުމަންޓް ފޯރުކޮށްދެވޭނެއެވެ.

ބިޑް ރަޖިސްޓްރީކުރުން

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިކައުންސިލްގައި ރަޖިސްޓްރީވާންވާނެއެވެ. ރަޖިސްޓްރީވާނީ މިކަމަށް ހާއްސަ ކުރެވިފައިވާ ގޫގުލް ފޯމް މެދުވެރިކޮށްށެވެ. ގޫގުލް ފޯމްގެ ލިންކް ތިރީގައި އެވަނީއެވެ. ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން، އެސް.އެމް.އީ އަދި ޖީއެސްޓީ ރަޖިސްޓްރޭޝަން އޮތްފަރާތްތަކަށްށެވެ. ރަޖިސްޓްރީ ކުރިޔަށްދާނީ އިއުލާނުކުރާ ދުވަހުން ފެށިގެން 23 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/FCEVZY565QeBfuJJ8  

ބިޑް ސެކިއުރިޓީ

 މިޢިއުލާނާއި ގުޅިގެން، ބިޑް ހުށަހަޅުއްވާ ފަރާތްތަކުން، ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

 ބީލަން ހުންނަންވާނީ، ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑެރެސް އަދި ގުޅޭނެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ، 05 މާރޗް 2023 ވާ އާދިއްތަ ދުވަހުގެ 10:15 އަށް ނައިވާދޫ ކައުންސިލް އިދާރާއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ 05 މާރޗް 2023، 10:20 ގައި ބީލަން ހުށަހަޅާ ފަރާތް ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި މިއިދާރާގެ ޖަލްސާކުރާ މާލްމަގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6520039 އަށެވެ.

15 ފެބުރުވަރީ 2023
ހޯދާ