ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ޕެސެންޖަރ ވޭނަކާއި 1.5 ޓަނު ޕިކަޕެއް ހޯދުމާއި ގުޅޭ

ހުޅުމާލެ ހޮސްޕިޓަލަށް ޕެސެންޖަރ ވޭނަކާއި 1.5 ޓަނު ޕިކަޕެއް ހޯދުމާއި ގުޅޭ

 ނަންބަރު: TENDER/HMH/2023/004-R1

ހުޅުމާލެ ހޮސްޕިޓަލަށް ޕެސެންޖަރ ވޭނަކާއި 1.5 ޓަނު ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ޢިއުލާން ނަންބަރު TENDER/HMH/2023/004 އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށް ވުރެ ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް އަލުން މިތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

 

 

މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން:

ބިޑްގެ ޕްރީބިޑް ބައްދަލުވުން 23 ފެބްރުއަރީ 2023ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހޮސްޕިޓަލުގެ ވައްލަ މީޓިންގް ރޫމުގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

2 މާރިޗް 2023 ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 27 ފެބްރުއަރީ 2023ވާ ހޯމަ 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152 / 3350111

އީ-މެއިލް: [email protected]

15 ފެބްރުއަރީ 2023

 

 

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

15 ފެބުރުވަރީ 2023
ހޯދާ