މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އާމްދަނީ އިން ޓެކްސް ނެގުމުގެ ޤާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ މަޝްރޫޢުތަކުގެ ލިސްޓް ޢާއްމުކުރުން

އިޢުލާން

 

އާމްދަނީ އިން ޓެކްސް ނެގުމުގެ ޤާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ މަޝްރޫޢުތަކުގެ ލިސްޓް ޢާއްމުކުރުން

 

ޤަވާއިދު ނަންބަރު 59-R/2022 (ވިޔަފާރި މަޝްރޫޢުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީ އިން ޓެކްސް ދެއްކުމުން ޙާއްޞަ އިސްތިސްނާ ދިނުމާބެހޭ ގަވާއިދު) ގެ 7 ވަނަ މާއްދާގެ ދަށުން، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 1-12 ވަނަ މާއްދާގެ ދަށުން އާމްދަނީ އިން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކުގެ ދަފުތަރެއް މި މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އަދާހަމަކުރަން ޖެހެއެވެ.

ވީމާ، އާމްދަނީ އިން ޓެކްސް ނެގުމުގެ ޤާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޢާއްމުކޮށް އިޢުލާން ކުރީމެވެ. އަދި މިފަރާތްތަކުގެ ދަފްތަރު މި މިނިސްޓްރީގެ ވެބްސައިޓުގައި https://www.finance.gov.mv/publications/exemptions-under-income-tax-act)) ޝާއިޢުކޮށްފައިވާ ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

24 ރަޖަބް  1444

15 ފެބްރުއަރީ 2023

15 ފެބުރުވަރީ 2023
ހޯދާ