ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީ އައު ދައުރަކަށް އިންތިހާބުކުރުމާއި ބެހޭ

މިއެސޯސިއޭޝަންގެ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމެޓީ އެކުލަވާލުމަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ 03 މާރިޗު 2023 ވާ (ހުކުރު) ދުވަހު  ސޯޝަލްސެންޓަރ (ސެމިނަރ ރޫމް) 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަން މި އެސޯސިއޭޝަންގެ އެންމެހައި މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

ވީމާ މި އެސޯސިއޭޝަންގެ ކުރިއަށް އޮތް ދައުރުގެ ހިންގާކޮމެޓީގެ ތިރީގައި މިދަންނަވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އެސޯސިއޭޝަންގެ އެންމެހާ މެމްބަރުންނަށް ހުޅުވާލަމެވެ.

 

  • ރައީސް
  • ނާއިބު ރައީސް 
  • ޚަޒާންދާރު
  • އިތުރު 6 މެމްބަރުން

 

ވީމާ،ހިންގާ ކޮމެޓީގެ މަގާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާ "ހިންގާކޮމެޓީއަށް ކުރިމަތިލުމަށް އެދޭ ފޯރމް" ފުރިހަމަކުރުމަށްފަހު، ކުރިމަތިލައްވަން އެދޭ ފަރާތުގެ އައިޑީ ކާރޑް ގެ ކޮޕީ އަދި އެ މެމްބަރެއް ތަމްސީލުކުރާ ކުލަބުގެ ރަސްމީ ސިޓީއާއެކު 25 ފެބުރުއަރީ 2023 ގެ 12:00 ގެ ކުރިން މިއެސޯސިއޭޝަންގެ މެއިލް [email protected]  އަށް ފޮނުއްވައިދެއްވުންއެދެމެވެ.

 

      އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މި އެސޯސިއޭޝަންގެ ނަމްބަރ  7745266 އަށް ގުޅުއްވުންއެދެމެވެ.

14 ފެބުރުވަރީ 2023މ

15 ފެބުރުވަރީ 2023
ހޯދާ