ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ލ. އަތޮޅުގައި ޓޫރިޒަމް ވިޔަފާރިއަށް ޚާއްޞަ ކުރެވިގެން ކުރިޔަށްގެންދާ ތުނބުރި ޕްރޮޖެކްޓުގެ ދަށުން ބީޗް ހޮޓާ ތަރައްޤީކޮށް ހިންގުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް މާކެޓިންގ އެންޑް ޕީ.އާ.ރ. ކޯޕަރޭޝަންގެ ފަރާތުން ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމާއި، މިކަމަށް މީހުން ހޮވުމުގައި ބެލޭވޭނެ ކަންތައްތަކާއި އަދި ދޫކުރެވޭ ބިމުގެ މަޢުލޫމާތު މިކޯޕަރޭޝަންގެ ވެބްސައިޓް www.investmenttourism.gov.mv ގައި ޝާއިޢުކުރެވިފައިވާ "އިންސްޓްރަކްޝަންސް ފޯރ ސަބްމިޝަން އޮފް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ISEOI)" އިން ލިބިވަޑައިގަންނަވާނެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަން ހުށަހެޅުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތަކެއް ފުރިހަމަ ކުރުމަށްފަހު 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން "އިންސްޓްރަކްޝަންސް ފޯރ ސަބްމިޝަން އޮފް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ISEOI)" ގައި ބަޔާންކުރެވިފައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން ނުވަތަ ގުޅުއްވުން އެދެމެވެ.
މުޙައްމަދު އަސީލް
ޑިރެކްޓަރ
މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް
4 ވަނަ ފަންގިފިލާ، ވެލާނާގެ
މާލެ، ދިވެހިރާއްޖެ.
ފޯން: 3323228
ފެކްސް: 3323229
އީ-މެއިލް: [email protected]
ވެބްސައިޓް: www.investtourism.gov.mv