މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2023 ފެބްރުވަރީ 15 އިން 17 އަށް، ޅ.ކަނުހުރާ ބޭރުން 5 ނޯޓިކަލް މޭލު ބޭރުގައި އެމް.އެން.ޑީ.އެފްއިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކާއި ގުޅޭ

 އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނު ތަކެއް 2023 ފެބްރުވަރީ 15 އިން 17 އަށް މިއިން ކޮންމެ ދުވަހެއްގެ 07:00 އިން 17:00 އަށް ޅ. ކަނުހުރާގެ ބޭރުން 05 ނޯޓިކަލް މޭލް ބޭރުގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް

  • ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް:                  

މެޝިން ގަން

  • ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން:              

4600 މީޓަރ

  • ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން:

300 މީޓަރ

  • ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން:

ސީ-ލެވެލް

  • ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަން:

ޅ.ކަނުހުރާ ބޭރުން 05 ނޯޓިކަލް މޭލް ބޭރުގައި

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

15 ފެބުރުވަރީ 2023
ހޯދާ