ދިވެހިރާއްޖެ
2015 ވަނަ އަހަރަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކުމުގެ މުއްދަތު 2014 ޑިސެންބަރު މަހުގެ ނިޔަލަށް ހަމަވާނެއެވެ. މި މުއްދަތު ހަމަވާއިރު ކުރިއަށް އޮތް އަހަރަށް ވަރުވާ ނުދައްކަވާ ރަށްރަށުގެ ވަރުވާ ދެން ބަލައިގަންނާނީ އެރަށެއްގެ ހަމަ ވަރުވާގެ %25 އާ އެއްވަރުގެ ޢަދަދެއްގެ ޖުރުމާނާއާއެކު، 31 ޖަނަވަރީ 2015 ކުރިން ދެއްކެވުމުންނެވެ.
ވީމާ، 2015 ވަނަ އަހަރަށް ވަރުވާ ނުދައްކާ ފަޅުރަށްރަށް ހުރުމާއެކު އެރަށްރަށް ވަރުވާއަށް ލިޔެދީފައިވާ ފަރާތްތަކަށް ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން މިވާހަކަ ދެންނެވީމެވެ. ފަޅުރަށްރަށުގެ ވަރުވާ ދައްކަވާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށެވެ. ވަރުވާ ދައްކަވަން ވަޑައިގަންނަވާއިރު ރަށް ލިޔެދީފައިވާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ފަޅުރަށްރަށުގެ ވަރުވާ އެރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލުންވެސް ބަލައިގަންނާނެ ވާހަކަވެސް ދެންނެވީމެވެ.
24 ޞަފަރު 1436