ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2002/1) އާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ޤަވާޢިދުގެ ދަށުން، މުރައިދޫ ކައުންސިލްގެ
އިޙްތިޞާސްގައި ހިމެނޭ ބިމުގެ ޞަރަޙައްދުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތް ބަޔާންކުރާ އުޞޫލެއް އެކުލަވާލާ އެ އުޞޫލުވާނީ އާންމުކުރެވިފައެވެ. އެ އުޞޫލުގައިވާ ގޮތުގެމަތިން މިރަށުން
ބަންޑާރަ ގޯތި ދޫކުރުމުގެ ފުރުޞަތު ހުޅުވާލަމަވެ. މި ގޮތުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2500 އަކަ ފޫޓޫގެ 41 ގޯއްޗެވެ. ގޯއްޗަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގައި ހުންނަންވާނެ ޝަރުތުތައް ތިރީގައި އެވަނީއެވެ.
1. ދިވެހި ރައްޔިތެއް ކަމުގައިވުން.
2. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން. (ގޯތި ދޫކުރަން އިޢުލާންކުރާ ތާރީޚާއި ހަމައަށް 18 އަހަރު ފުރިފައިވާ)
3. ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައިނެތުން.
4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން ބައެއް ލިބިފައި ނެތުން، ނުވަތަ ރެޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް މި އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.
(މިގޮތުން، ތަރިކައިން ލިބޭ ބައި ދޫކޮށްލާ ޙާލަތުގައި ލިބިފައިވާ ބައި ދޫކޮށްލަން ވާނީ ގޯތީގެ ބާކީ ތިބި ވާރުތަވެރިންނަށް ނުވަތަ ގޯތީގެ ބެހެނިވެރިންނަށެވެ. ގޯތީގެ އިތުރު ވާރުތަވެރިއެއް ނުވަތަ ބެހެނިވެރިއެއް ނެތް ޙާލަތުގައި
އެބައެއް ދޫކޮށްލަންވާނީ ދައުލަތަށެވެ. އަދި ދޫކޮށްލަން އެއްބަސްވާނަމަ، އެގޮތަށް އިޤްރާރުވެ ފޯމާއެކު ހުށަހަޅަންޖެހޭނެއެވެ.)
5. ރާއްޖެގޭ އެއްވެސް ރަށަކުން ދިރިއުޅުމަށްޓަކައި ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އެއްމެދު އިމާރާތަކުން ފްލެޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އަމިއްލަ ނަމުގައި
ފްލެޓެއް/ރޯހައުސް/ހައުސިންގ ޔުނިޓެއް ލިބިފައިމެ، އެގޯތި ނުވަތަ ފްލެޓް އެހެންފަރާތަކަށް ދީ ނުވަތަ ދޫކޮށްލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.
6. ރާއްޖެގޭ އެއްވެސް ރަށަކުން ދިރިއުޅުމަށްޓަކައި ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އެއްމެދު އިމާރާތަކުން ފްލެޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އަމިއްލަ ނަމުގައި
ފްލެޓެއް/ރޯހައުސް/ހައުސިންގ ޔުނިޓެއް ލިބިފައިމެ، އެގޯތި ނުވަތަ ފްލެޓް އެހެންފަރާތަކަށް ވިއްކާލާފައިވާތާ 02 އަހަރަށްވުރެ ގިނަދުވަސްވެފައިވުން.
ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލު މި އިދާރާއިން އާންމު ކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމެގެ އުޞޫލުގައި ބަޔާންކޮށްފައި ވާނެއެވެ.
ވީމާ، ޝަރުތު ފުރިހަމަވާ ފަރާތްތަކުން 19 ފެބްރުވަރީ 2023 (އަންގާރަ) އިން ފެށިގެން 16 މާރިޗު 2023 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެ ނިޔަލަށް "ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަފަހު،
ހުށަހަޅަންޖެހޭ ލޔެކިޔުންތަކާއެކު މި އިދާރާއަށް ފޯމު ހުށައެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު ފަހު 13:30 ދެމެދު ކަމުގައިވެސް ދަންނަވަމެވެ.
"ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މި އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ފޯމު އީމެއިލް ކުރައްވާނަމަ، މި އިދާރާގެ އީމެއިލް
[email protected] އަށެވެ.
އަދި ދަންނަވަމެވެ. ގޯތިލިބޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓްދީ އެންމެމަތިން މަރކްސްލިބޭ 41 ފަރާތަށް ގޯތި ދޫކުރާ އުޞޫލުންނެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް
ދެގޯތި ނުލިބޭނޭ ގޮތުގެ މަތިން ކަމަށްވާތީ، އެންމެ މަތީން ޕޮއިންޓް ލިބޭ 41 ފަރާތުގެ ތެރޭގައި ދެމަފިރިން ހިމެނޭނަމަ ގޯތި ދޫކުރެވޭނީ ދެމަފިރިންގެ ނަމުގައެވެ. މި ގޮތަށް ދެމަފިރިންގެ ނަމުގައި ގޯތި ބޭނުންވެނުލައްވާނަމަ، ގޯތި ލިބޭ ފަރާތެއް
ކަނޑައަޅުއްވާނީ ދެމަފިރިން މަޝްވަރާކޮށްގެންނެވެ. މި ގޮތުންވެސް ދެމަފިރިންނަށް ކަނޑަނޭޅިއްޖެނަމަ ގޯތިލިބޭ ފަރާތެއް ކަނޑައަޅާނީ، ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ. އަދި ގޯއްޗަށް އެދޭ ފަރާތެއް ނުވަތަ ގޯއްޗަށް އެދޭ ފަރާތުގެ އަނބި
ނުވަތަ ފިރިމީހާއަށް ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް އަދި ފްލެޓެއް ނުވަތަ ފްލެޓެއްގެ ބައެއް ލިބިފައިވާނަމަ އެފަރާތަކަށް ގޯއްޗެއް ދުލެއް ނުކުރެވޭނެއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.