މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2 ލިފްޓު މަރާމާތުކުރުމަށް

އެދުރުވެހި 2 ލިފްޓް މަރާމާތުކުރުމަށް ބޭނުންވެއްޖެ

ވިލިނގިލީގައި ހުރި އެދުރުވެހި އިމާރާތުގެ 2 ލިފްޓަށް ލައްވަންޖެހޭ ސްޕެއަރ ލައްވައި މަރާމާތުކޮށް ސާރވިސް ކުރުމަށް ކުރެވުނު ނަންބަރު TF/1/2014/197-ފ22 (26 ނޮވެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 21 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު "މަސައްކަތްކުރުމަށް އެދި ހުށަހަޅުއްވާ ފަރާތުގެ މަޢުލޫމާތު ފޯމު" އާއެކު 25 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3341232 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

23 ޞަފަރު 1436     

15 ޑިސެންބަރު 2014
ހޯދާ