އޮފީސް
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
|
Course Name
|
No. of Part-Time Lecturers Needed
|
Module Name
|
Advance Certificate in Management (TC)
|
1
|
Tourism in Business (TRS041)
|
|
މުސާރަ:
|
- ކްލާސް ނަންގަވައި ކޮންމެ ގަޑިއިރަކަށް -/200 ރުފިޔާ
- މާރކް ކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ރުފިޔާ
|
މަޤާމުގެ ޝަރުޠު:
|
- މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ގދ. ތިނަދޫ ގައި ދިރިއުޅުއްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކެންޑިޑޭޓުން ހޮވުމުގައި އިޢުލާންގައި ބަޔާންކުރާ މޮޑިއުލް ކިޔަވައިދިނުމުގައި، ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި ފެކަލްޓީގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް (ރަސްމީ ގަޑީގައި - 8:00 އާއި 14:00 އާ ދެމެދު) ސިޓީ ފޮނުއްވުން އެދެމެވެ. ދެވިފައިވާ ސުންގަޑީގެ ކުރިން ކޮންމެ ވަގުތެއްގައިވެސް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.
|
އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
|
ނޯޓް:
|
1- މި އިޢުލާނަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން ޕާރޓް-ޓައިމް ލެކްޗަރަރއިންގެ ގޮތުގައި ހޮވޭފަރާތްތަކަށް ފުރަތަމަ ކޮންޓްރެކްޓް ހެދޭނީ 2023 ޓަރމް 1 ގައި ކިޔަވައި ދިނުމަށެވެ. އަދި 2023 ޓަރމް 2 ގައި މި މާއްދާ އޮފަރ ކުރާނަމަ، އެ ޕާރޓް-ޓައިމް ލެކްޗަރަރއެއްގެ ކޮންޓްރެކްޓް 2 ވަނަ ޓާރމަށް އައު ކުރެވޭނެއެވެ. އަދި އެ ޕާރޓް-ޓައިމް ލެކްޗަރަރ އަށް ޓާރމް 2 ގައި ކިޔަވައި ދެވެންނެތްނަމަ، މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކަށް އަލުން އެ މާއްދާ ހުޅުވާލެވޭނެއެވެ. އަދި މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެތެރެއިން ޓާރމް 2 ގެ މާއްދާއެއް ކިޔަވާދެވޭނެ ފަރާތެއް ނުލިބިއްޖެނަމަ އަލުން މިމާއްދާތަކަށް އިޢުލާން ކުރެވޭނެއެވެ.
2- ސިޓީ ނުވަތަ އީ-މެއިލް ލިޔުއްވާއިރު ކިޔަވައިދިނުމަށް ބޭނުންވެލައްވާ މާއްދާ ޖައްސަވަންވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- ކްލާސްތައް އޮންނާނީ ފެކަލްޓީން ކަނޑައަޅާ ތާވަލާ އެއްގޮތަށެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ.
|