ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކްރެޑިޓް ރޭޓިންގ އޭޖެންސީ ލައިސަންސަށް ނެގުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކްރެޑިޓް ރޭޓިންގ އޭޖެންސީތަކާބެހޭ ގަވާއިދު ނަންބަރު: 2011/R-44 ގެ ދަށުން ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގައި ކްރެޑިޓް ރޭޓިންގގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ކުންފުނިތަކުން، ކްރެޑިޓް ރޭޓިންގ އޭޖެންސީ ލައިސަންސަށް އެދި އެކްސްޕެރެޝަން އޮފް އިންޓްރަސްޓް (EOI) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

މި ގޮތުން ހުށަހަޅާ EOI ގައި ކްރެޑިޓް ރޭޓިންގ ޚިދުމަތް ދިނުމުގައި ކުންފުންޏަށް ލިބިފައިވާ ތަޖުރިބާއާއި ކުންފުނީގެ ބިޒްނަޒް ޕްރޮފައިލާބެހޭ ތަފުސީލު މައުލޫމާތު ހުށަހަޅަންވާނެއެވެ. އަދި ގަވާއިދުގައި ބުނެފައިވާ ޝަރުޠުތައް ކުންފުނީގައި ފުރިހަމަވެފައިވާ މިންވަރާބެހޭ ގޮތުން ތަފުސީލުކޮށް މައުލޫމާތު ހުށަހަޅަންވާނެއެވެ. ވީމާ މި ގަވާއިދުގެ ދަށުން ލައިސަންސް ނެގުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 8 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ކުރިން ތިރީގައިވާ އެޑްރެހަށް EOI ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ،

އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ،

ބޮޑުތަކުރުފާނު މަގު.

އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާކަމުގައިވާނަމަ، [email protected]  އަށް ފޮނުއްވެވުން އެދެމެވެ.

ކްރެޑިޓް ރޭޓިންގ އޭޖެންސީތަކާބެހޭ ގަވާއިދު މި އޮތޯރިޓީގެ ވެބްސައިޓް www.cmda.gov.mv އިން ޑައުންލޯޑް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 115 3014 960+ ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

24 ޞަފަރު 1436

16 ޑިސެންބަރު 2014
ހޯދާ