މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ބިދޭސީ މުވައްޒަފުން ހޯދުމަށް އެޖެންސީތަކުގެ ރަޖިސްޓަރީއެއް ހުޅުވާލުން

މިކުންފުނީގެ މަސައްކަތަށް ބޭނުންވާ ބިދޭސީ މުވައްޒަފުން އެޖެންސީ މެދުވެރިކޮށް ރާއްޖެ ގެނައުމަށް، މިފަދަ މަސައްކަތްކުރާ ތަންތަނުގެ ރެޖިސްޓްރީއެއް އެކުލަވައިލުމަށް މިކުންފުނިންކުރި އިޢުލާން ނަންބަރު: MTCC-HRAD/IU/2014/175 (20 ނޮވެމްބަރ 2014) ގެ މުއްދަތު ހަމަވެފައިވަނީ ސަރުކާރު ބަންދު ދުވަހަކަށް ވުމާއިއެކު ނަންނޯޓް ކުރުމުގެ މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވެމެވެ.
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުރި ތިރީގައި މިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ރަޖިސްޓަރީގައި ނަން ނޯޓު ކުރެއްވުމަށް 18 – 22 ޑިސެންބަރު 2014 ގެ 10:00 ން 13:00  އާ ދެމެދު ހިއުމަން ރިސޯރސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓަށް (އެމް.ޓީ.ސީ.ސީ ޓަވަރ 2 ވަނަ ފަންގިފިލާ) ވަޑައިގެން ދެއްވުން އެދެމެވެ.  

ޝަރުޠު: ބިދޭސީން ގެނައުމުގެ ހުއްދަ އޮތުން.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ރެޖިސްޓަރީގައި ބްލެކް ލިސްޓުވެފައިވާ ފަރާތެއްކަމުގައި ނުވުން.

މި ކުންފުންޏަށް ބިދޭސީން ގެނައުމުގައި ކޮށްފައިވާ އެގްރީމެންޓާއި ޚިލާފުވުމާއި ގުޅިގެން ކުންފުނިން ބްލެކް ލިސްޓުކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.

24 ޞަފަރު 1436

16 ޑިސެންބަރު 2014
ހޯދާ