މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 36-R/2014  (ޓެކްސް އޭޖެންޓުންގެ ގަވާއިދު) އަށް 18 ޖޫން 2014 އިން ފެށިގެންވަނީ ޢަމަލުކުރަން ފަށާފައެވެ. މި ގަވާއިދުގެ ދަށުން، ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށް ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ މީރާއިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، ޓެކްސް އޭޖެންޓުކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓެކްސް އޭޖޭންޓުކަން ކުރުމުގެ ހުއްދައަށް އެދި މީރާއަށް ހުށައެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޓެކްސް އޭޖެންޓުކަން ކުރުމަށް އެދޭ ފަރާތްތަކުން 113 MIRA ފޯމު ފުރިހަމަ ކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިއުންތަކާއެކު މި އޮތޯރިޓީއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމު މި އޮތޯރިޓީގެ ވެބްސައިޓް www.mira.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 1415 އަށް ގުޅުއްވުން އެދެމެވެ.

22 ޞަފަރު 1436

14 ޑިސެންބަރު 2014
ހޯދާ