ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/659/12/2014 |
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު:
ރާއްޖޭގެ ޘަޤާފަތާއި ރަނގަޅު އާދަކާދަ ދިރުވައި އާލާކުރުވުމަށްޓަކައި މިކޯޕަރޭޝަނުން 2015 ވަނައަހަރުގެ ޖަނަވަރީމަހު ސަލްޓަންޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ '' ޘަޤާފީ ޢީދު '' ފެސްޓިވަލުގެ ސެޓުތައް އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 ޑިސެންބަރު 2014 ބުދަ ދުވަހުގެ 15:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ޑިސެންބަރު 2014 އާދީއްތަ ދުވަހުގެ 15:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވަންވާނެއެވެ.
23 ޞަފަރު 1436