ދިވެހިރާއްޖެ
އިޢުލާނު |
||||
ފ. ބިލެތްދޫ މިސްކިތުގެ އިމާމުން / މުދިމުން ސަލާމް ޗުއްޓީ ، އަހަރީޗުއްޓީ، އާއިލީޒިންމާ ޗުއްޓީ، އަދި އެހެނިހެން ޗުއްޓީ ނަންގަވާ ހާލަތްތަކުގައި ވަގުތީގޮތުން މިސްކިތްތަކުގައި މަސައްކަތް ކުރުމަށް އެކުލަވާލެވޭ ވޭޖު ޕޫލަށް މީހުން ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު(IUL)371-CAA/371/2022/68: (29 ޑިސެމްބަރ 2022) ގެ އިޢުލާނާއި، ނަންބަރު: (IUL)371-CAA/371/2023/01 (18 ޖަނަވަރީ 2023) ގުޅިގެން މި 02 ފަހަރުމަތީންވެސް އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށް ހުށަހަޅާފައިނުވާތީ، އަލުން އެމަޤާމުތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ. |
||||
މަޤާމު: |
އިމާމު/މުދިމް (ވޭޖު އެމްޕްލޯއިމަންޓް) |
|||
ބޭނުންވާ އަދަދު: |
03 ( ތިނެއް ) |
|||
މަޤާމް އޮތް އޮފީސް: |
ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާ |
|||
ޔުނިޓް: |
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް |
|||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ މިސްކިތްތައް ( ފ. ބިލެތްދޫ ކައުންސިލް އިދާރާ ) |
|||
މުއްދަތު: |
02 އަހަރު |
|||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
10. ކައުންސިލްގެ އިދާރާއިން އަންގައިފިނަމަ ކޭތަނަމާދާއި، ޢީދު ނަމާދާއި، ހުކުރު ނަމާދާއި، ތަރާވީޙް ނަމާދާއި، ކަށުނަމާދު، އިމާމުވެ މިސްކިތުގައި ކުރުން. 11. މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ޢަމަލެއް ނުވަތަ އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލެއް މިސްކިތުގެ ސަރަޙައްދުގެ ތެރޭގައި ނުކުރުން. 12. މީގެ އިތުރުންވެސް މިސްކިތާއި ގުޅިގެން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. 13. ރަށުކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
|||
މަޤާމް |
މަޤާމުގެ ރޭންކް |
މަޤާމުގެ ކްލެސިފިކޭޝަން |
މަޤާމުގެ ޝަރުޠު |
މުސާރަ |
އިމާމު |
ޖީ.އެސް 3 |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޓް 1 |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، މުދިމްކަމުގެ ސަނަދު ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން. ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
ކޮންމެ ނަމާދު ވަގުތަކަށް -/61 (ފަސްދޮޅަސްއެއްރުފިޔާ) |
މުދިމް |
ޖީ.އެސް 1 |
އެސިސްޓެންޓް އޮފިސަރ ގްރޭޓް 1 |
ތަޖުވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން ދަންނަ މީހެއްކަމުގައިވުން. (މަތީގައިވާ މަޤާމަށް ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކުންވެސް ކުރިމަތިލުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް މި މަޤާމަށް މީހުން ހޮވާނީ، މަތީގައިވާ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކުރިމަތިލާފައި ނުވާނަމައެވެ. |
ކޮންމެ ނަމާދު ވަގުތަކަށް -/53 (ފަންސާސްތިންރުފިޔާ) |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
|||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ. |
|||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ފެބުރުވަރީ 21 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|||
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ 2023 ފެބުރުވަރީ 23 އާއި 2023 މާރިޗު 02 އާއި ދެމެދު ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ ގައެވެ.
|
|||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740013 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |