ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުގެ 3 ވަނަ ބުރު ބޭއްވުމާ ބެހޭ

ޔުނިވަރސިޓީގެ ކޯސްތަކުގެ ތެރެއިން ބައެއް ކޯސްތަކަކީ އެ ކޯސްތަކަށް ވަނުމަށް ވަކި ފެންވަރެއްގެ އިނގިރޭސި ބަހުގެ ފާހެއް އޮތުން ލާޒިމު ކުރެވިފައިވާ ކޯސްތަކެކެވެ. އެހެންކަމުން ޔުނިވަރސިޓީގެ ކޯސްތަކުން ޖާގަދިނުމާ ބެހޭ ސިޔާސަތުގައިވާ ގޮތުން، އިނގިރޭސިބަހުގެ ފާހެއް އޮތުން ލާޒިމުވާ ކޯސްތަކަށް އެދި ފޯމު ހުށަހަޅާ އިރު، ކަނޑައެޅިފައިވާ ފެންވަރުގެ އިނގިރޭސި ފާހެއް ހާސިލުކުރެވިފައިނުވާ ފަރާތްތަކުން ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުން ފާސްވެފައިވާކަން އެނގޭނެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ވާނެއެވެ. އެގޮތުން 2015 ވަނައަހަރު ގެ ފުރަތަމަ ޓާރމުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އަމާޒުކޮށްގެން ބޭއްވޭ އެންޓްރަންސް އިމްތިޙާނުގެ ތިންވަނަ ބުރު 10 ޖަނަވަރީ 2015 ގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިމްތިޙާނުގައި ބައިވެރިވާ ފަރާތުގެ ސަމާލުކަމަށް:

  • އިނގިރޭސި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން އަދި www.mnu.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) 07  ޖަނަވަރީ 2014 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިއު ސެކްޝަނަށް ދައްކަން ވާނެއެވެ.
  • ފޯމު ފުރިހަމަކުރައްވާ ފީދެއްކެވުމަށްފަހު 07 ޖަނަވަރީ 2014 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 15:00ގެ ކުރިން އިނގިރޭސި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއި އެކު އައިޑީ ކާޑުގެ ކޮޕީއެއް ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހަށް ހުށަހަޅަން ވާނެއެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމާއި، ފީ ދެއްކުން އަދި އިމްތިޙާނު ހެދުން ޔުނިވަރސިޓީގެ ކޮންމެ ކެމްޕަހެއްގައިވެސް ކުރިއަށްދާނެއެވެ. އިމްތިޙާނުގެ ނަތީޖާ 18 ޖަނަވަރީ 2015  ވާ އާދީއްތަ ދުވަހުން ފެށިގެން ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން ދޫކުރެވޭނެ އެވެ އަދި، ބައިވެރިވި ފަރާތުގެ އީމެއިލް އެޑްރެހަށް ނަތީޖާ މެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

18 ޑިސެންބަރު 2014
ހޯދާ