ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްވޮކަސީ ޕޯސްޓަރތައް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: 37/IUL)451-FP/1/2014) އިޢުލާނާ ގުޅިގެން އެ މަސައްކަތް ކޮށްދިނުމަށް އަންދާސީހިސާބު ހުށަހަޅާފައިވާ ބިޑްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން އިޢުލާން ކުރަމެވެ.

ވީމާ، އާ މަންހަޖަށް ތައްޔާރުކުރެވިފައިވާ އެޑްވޮކަސީ ޕޯސްޓަރތައް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

22 ޑިސެންބަރު 2014 ވަނަ ދުވަހުގެ 11:30 އަށް

25 ޑިސެންބަރު 2014 ވަނަ ދުވަހުގެ 11:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3323242 ނަންބަރު ފޯނާއެވެ.

25 ޞަފަރު 1436

17 ޑިސެންބަރު 2014
ހޯދާ