އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަނި ކޮންޓްރޯލް ކުރުމަށް ސަމާލްކަން ދިނުން

           ރަށުގެ އެކި ސަރަހައްދު ތަކުން ގަސްގަހުގައި ހުވަނި އަޅައި މަގުތަކަށާއި ގެތަކަށް ހުވަނި ވަނުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މީހުނަށް ގައި ހިރުވުންފަދަ ސިއްހީ މައްސަލަތައް ދިމާވަމުންދާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުން ނެވެ.

           ހުވަނި ކޮންޓްރޯލް ކުރުމަށްޓަކާ ސައިބޯނި ނުވަތަ ދޮވުމަށް ބޭނުންކުރާ ޑިޓާޖެންޓެއް ފެނަށް ގިރުވާލުމަށްފަހު ހުވަނި އަޅާފައިވާ ގަސްތަކަށް ޖެހިދާނެ ކަމުގައި ދަންނަވަމެވެ. (ސަމާލް: ސައިބޯނި / ޑިޓާޖެންޓް ކޮންސެންޓްރޭޝަން މާ މަތި ވެއްޖެ ނަމަ ގަހުގެ ފަތްތައް އެނދުމުގެ ފުރުޞަތު އޮންނާނެ އެވެ.) އަދި ގަހުގެ ހުވަނި އަޅާފައިވާ ގޮފިތައް ކޮށާ ނައްތާލެވިދާނެއެވެ. ހުވަނި އަޅާފައިވާ ގަސްތައް ކޮށާލުމަށްފަހު ހުވަނި ތައް އެސަރަހައްތަށް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށްޓަކާ ސައިބޯނި ނުވަތަ ދޮވުމަށް ބޭނުންކުރާ ޑިޓާޖެންޓެއް (ކޮންސެންޓްރޭޝަން މަތިކޮށް) ފެނަށް ގިރުވާލުމަށްފަހު ކޮށާލާފައިވާ ގަސްތައް ރަނގަޅަށް ތެމެންދެކަށް ޖެހިދާނެއެވެ. ނުވަތަ ގަސް ކޮށާފައިވާ ސަރަހައްދުގައިވާ އެހެނިހެން ގަސްރުކާއި އިމާރާތްތަކާއި މުދަލަށް ގެއްލުން ނުވާނެ ގޮތަކަށް އަންދާލެވިދާނެއެވެ.

           ވީމާ ރަށުތެރޭގައި ހުވަނި އަޅަފައިވާ ގަސްތަކުގެ ތެރެއިން އެމީހެއްގެ ގޯތީގައިވާ ގަސްތަކުން އެމީހެއްގެ ބެލުމުގެ ދަށުން ހުވަނި ކޮންޓްރޯލް ކޮށް ނައްތާލުމަށް އަޅަންޖެހޭ ފިޔަވަޅުތައް، މަގުތަކަށާއި މީހުން ދިރިއުޅޭ ގެތަކަށް ހުވަނި ފެތުރިގެން ނުދާނެ ގޮތަކަށް އަޅުއްވަމުން ގެންދެވުމަށް ކައުންސިލްގެ ފަރާތުން އިލްތިމާސްކުރަމެވެ.

13 ފެބުރުވަރީ 2023
ހޯދާ