ދިވެހިރާއްޖެ
ނަންބަރ. (IUL)241-A/241/2023/5
އިޢުލާން
މިއިދާރާގައި ދުއްވާ އޯކިޑްލޯންޗްގެ ސަތަރި ފަހާދޭނެ ފަރާތެއްހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅޭ
މިއިދާރާގައި ދުއްވާ އޯކިށްލޯންޗްގެ ސަތަރި ފަހާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (26-01-2023) (IUL)241-A/241/2023/4 އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑް ތައް އަގުބޮޑުކަމަށް ފެންނާތީ އެބިޑްތައް ބާޠިލް ކުރެވިފައިވާތި އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 15 ފެބުރުއަރީ 2023ވާ ބުދަ ދުވަހުގެ 13.00އަށް މިއިދާރާގައި ރަޖިސްޓްރި ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ ޕްރޮކިއުމެންޓް އީމެއިލް ) ( [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީ ކޮޕީ .
ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ އީ މެއިލް އެޑްރެސް .
ގުޅޭނެ މޮބަލް ނަންބަރ.
މިމަސައްކަތް ކުރުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 22 ފެބުރުއަރީ 2023ވާ ބުދަ ދުވަހުގެ 13.30 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ބިޑްތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ ބިޑް ހުށަހަޅާ އިރު ހުރިހާ ކަރުދާސް ތަކެއް ހީރަސް ކުރެވި ސިޓީ އުރައެއްގައި ބަންދުކުރެވި ސިޓީއުރައިގައި އިޢުލާން ނަންބަރާއި ބިޑްގެ ނަން ޖައްސަވާ ދެއްވުން އެދެމެވެ.
މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މަރާމާތްކުރުމުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ. ނަމަވެސް ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް
- ހުށަހަޅާ އަގަށް 60%
- މުއްދަތަށް 10%
- ލިބިފައިވާ ތަޖުރިބާ އަށް 20%
- މާލީ ތަނަވަސްކަމަށް 10% ( މާލީ ތަނަވަސްކަން ހުރި ކަމަށް ބަލައިގަނެވޭނީ ހުށަހަޅާ ފަރާތުގެ
ބޭންކް ސްޓޭޓްމެންޓް ނުވަތަ ގެރެންޓަރ ދޭ ފަރާތެއްގެ ލިއުމެއް ) ހުށަހެޅުމުންނެވެ. އިޢުލާނުގައި ޕޮއިންޓް ދިނުމަށް
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .
21 ރަޖަބް 1444ހ.
12 ފެބުރުއަރީ 2023 މ.