ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތ.އަތޮޅު ހޮސްޕިޓަލްގެ އިމާރާތާއި ގޯތި ކުނިކަހާ ފޮޅާ ސާފުކުރުމާއި ގުޅޭ

 

(IUL)TAH-A/TAH/2023/6ނަންބަރ:

                            އިޢުލާން

 

                        މި ހޮސްޕިޓަލްގެ (IUL)TAH-D/TAH/2023/5 ނަންބަރ އިއުލާން އާއި އެކު ޝާއިއުކުރެވިފައިވާ މައުލޫމާތު

ޝީޓްގައި ބަޔާންކުރެވިފައިވާ ތާރީޚްތަކާއި އިއުލާންގެ ތާރީޚްތައް ތަފާތުވުމުން އެ އިއުލާން ބާތިލްކޮށް، ތ.އަތޮޅުހޮސްޕިޓަލްގެ އިމާރާތްތަކާއި، ގޯތި ކުނިކަހާ،

ފޮޅާ، ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

               ވީމާ މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު،

26 ފެބުރުއަރީ 2023 ވަނަ ދުވަހު 13:00 އަށް މިއޮފީހަށް ( ތ.އަތޮޅު ހޮސްޕިޓަލް ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • ރަޖިސްޓްރީވުން 19 ފެބުރުއަރީ 2023، 13:00 ގެ ކުރިން
  • ބިޑް ހުޅުވުން 26 ފެބުރުއަރީ 2023، 13:00 އަށް
  • ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި ޢިއުލާންގެ ނަންބަރު ޖެއްސެވުމަށްފަހު، ބައިވެރިވާ ފަރާތުގެ ނަމާއި، ގުޅޭން ފަރާތެއްގެ ފުރިހަމަ
  • ނަމާއި ފޯނު ނަންބަރ، އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާ

ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.

12 ފެބުރުވަރީ  2320

 

12 ފެބުރުވަރީ 2023
ހޯދާ