ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
1. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން، ތިރީގައި މިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: IUL)13-K/13/2014/204)، ނަންބަރު:IUL)13-K/13/2014/176) އަދި IUL)13-K/13/2014/215) ތަކާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާޠިލުކޮށް، އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
| 
 
  | 
 މަސައްކަތް  | 
 ޕްރޮޖެކްޓް ނަމްބަރު  | 
 ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާ  | 
 ޕްރީ-ބިޑް މީޓިންގ  | 
 ބިޑް ހުޅުވުން  | 
 އެން.ސީ.އާރް ގްރޭޑ  | 
| 
 1  | 
 ސ.ހިތަދޫ ނޫރާނީ ސްކޫލް 8 ކްލާސް ރޫމް - ރީޓެންޑަރ  | 
 TEB/2014/41  | 
 
 30,000.00 
  | 
 5 ޖަނަވަރީ 2015 10:00  | 
 12 ޖަނަވަރީ 2015 14:00  | 
 GC01 1,2,3,4  | 
| 
 2  | 
 މ.ދިއްގަރު ސްކޫލް 5 ކްލާސް ރޫމް ރީޓެންޑަރ  | 
 TEB/2014/40  | 
 25,000.00  | 
 5 ޖަނަވަރީ 2015 11:00  | 
 12 ޖަނަވަރީ 2015 14:00  | 
 GC01 1,2,3,4 
  | 
| 
 3  | 
 ގއ. މާމެންދޫ ސްކޫލް 4 ކްލާސް ރޫމް -ރީޓެންޑަރ  | 
 TEB/2014/79  | 
 10,000.00 
  | 
 5 ޖަނަވަރީ 2015 12:00  | 
 12 ޖަނަވަރީ 2015 11:00  | 
 GC01 1,2,3,4,5 
  | 
| 
 4  | 
 ރ.ރަސްމާދޫ ސްކޫލް 4 ކްލާސް ރޫމް ރީޓެންޑަރ  | 
 TEB/2014/77  | 
 10,000.00 
  | 
 5 ޖަނަވަރީ 2015 13:00  | 
 12 ޖަނަވަރީ 2015 11:00  | 
 GC01 1,2,3,4,5 
  | 
| 
 5  | 
 ށ. ފޯކައިދޫ 8 ކްލާސްރޫމް 2 ބުރި އިމާރާތް-ރީޓެންޑަރ  | 
 TEB/2014/114  | 
 30,000.00 
  | 
 5 ޖަނަވަރީ 2015 14:00  | 
 12 ޖަނަވަރީ 2015 10:00  | 
 GC01 1,2,3,4 
  | 
2. 01 އެޕްރީލް 2014 އިން ފެށިގެން މިމިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
3. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
4. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 21 ޑިސެންބަރު 2014 އިން 31 ޑިސެންބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތެއްގެ އަގަކީ -/500 (ފައްސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ބިވަޑައިގަންނަވާނެއެވެ. ބީލަންފޮތްތަކަށް ފައިސާ ދައްކަވަން ވަޑައިގަންނަވާއިރު ނޭޝަނަލް ކޮންޓްރެކްޓަރސްގެ ރަޖިސްޓަރީ ސެޓުފިކެޓުގެ ކޮޕީއެއް ގެންނަންވާނެއެވެ.
5. އަދި މިޕްރޮޖެކްޓްތަކާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 6 ޖަނަވަރީ 2014ވާ އަންގާރަ ދުވަހުގެ 12:00 ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
6. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
