ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގެ މިދަންނަވާ ނަންބަރު: 2(IUL)213-MB/1/2014/5 (28 އޮކްޓޫބަރު 2014) އިޢުލާން ބާޠިލުކޮށް އަލުން މި މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.
މަޤާމު: ލައިބްރޭރިއަން
ބޭނުންވާ އަދަދު: 01
ރޭންކް: އެމް.އެސް 2
ކްލެސިފިކޭޝަން : ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މުސާރަ : -/6295 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާއޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : އެޑްމިން، މޯލްޑިވްސް ޕޮލިޓެކްނިކް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
މޯލްޑިވްސް ޕޮލިޓެކްނިކްގެ ލައިބްރަރީ ބެލެހެއްޓުން.
1- ލެކްޗަރަރ އިންނާއި ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތު (ނަސްލެއް ކުލައެއް އެއްވެސް ތަފާތެއްނެތި ކުޅެދޭމީހުންނާއި ނުކުޅެދޭ މީހުން ޝާމިލްވާ ގޮތަށް) ހޯދައިދިނުމަށް މަގުފަހިކޮށްދީ އެހީތެރިވުން.
2- ހަރުތަކުގައި ހުންނަ ފޮތް، މަޖައްލާ ފަދަ ތަކެތީގެ ކޯލްނަންބަރާ އެއްގޮތަށް ތަރުތީބުކޮށް ބެލެހެއްޓުން. އަދި ހަވާލުވެފައި ހުންނަ ތަކެތި ހަވާލު ކުރަންޖެހޭ ފަރާތަށް ހަވާލުކުރުން.
3- ލެކްޗަރަރ އިންނާއި ދަރިވަރުންނަށް ފޮޓޯކޮޕީގެ ޚިދުމަތްދީ ފައިސާ ބަލައިގަތުން.
4- ލެކްޗަރަރ އިންނާއި ދަރިވަރުންގެ ފަރާތުން ދިމާވާ މައްސަލަތައް ހައްލު ކުރުމަގައި އެހީތެރިވުން. އަދި ދިމާވާ މައްސަލަތައް ޑިރެކްޓަރަށް ރިޕޯޓު ކުރުން.
5- ލެކްޗަރަރ އިންނާއި ދަރިވަރުން ބޭނުންވެގެން އެދޭ ފޮތްތަކުގެ ތެރެއިން ލައިބްރަރީގެ ކަލެކްޝަންގައި ނުހުންނަ ތަކެއްޗާއި އަދި ލެކްޗަރަރ އިންނާއި ދަރިވަރުން ހުށަހަޅާ ހިޔާލު ނޯޓުކޮށް ޑިރެކްޓަރަށް ރިޕޯޓުކުރުން.
6- މި ޕޮލިޓެކްނިކުން ހިންގާ ތަފާތު ސާރވޭތައް ކުރުމަށް ހަވާލުކުރެވޭ މަސައްކަތް ކުރުން.
7- ލައިބްރަރީގެ ސްޓޮކަށް އިތުރުވަމުންދާ ފޮތްތަކާއި އަދި ޚާއްސަ ދުވަސްތަކާ ގުޅޭގޮތުން ޑިސްޕްލޭ ކުރުން.
8- ސާރކިއުލޭޝަން ކައުންޓަރުގެ މަސައްކަތް (މެނުއަލްކޮށް/ސޮފްޓްވެއަރ ބޭނުންކޮށްގެން ފޮތަބަލައިގަނެ ދޫކުރުން، ރިޒާވް ކުރުން) ކުރުން
9- ދުވަހުން ދުވަހަށް ތަފާސް ހިސާބުތައް ރިކޯޑު ކުރުން.
10- ދުވަހުން ދުވަހަށް ކުތުބުޚާނާއަށް ލިބޭ ފައިސާ ބަލައިގަނެ ރަސީދު ހެދުން.
11- އެދުވަހަކު ބަލައިގަންނަ ފައިސާ، ޑިއުޓީ ނިމުމުގެ ކުރިން ފައިސާއާ ބެހޭ ސެކްޝަންގެ ކަމާބެހޭ މުވައްޒަފުންނާ ޙަވާލުކޮށް ސޮއި ކުރުވުން.
12- މެމްބަރޝިޕް ކާޑުތައް ހަދައި ގަވާއިދުން ދޫކުރުން.
13- ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
ޝަރުތު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.
ބ- މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
އިންޓަވިއު ކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 6 އިން 13 ޖަނަވަރީ 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ނ- މި މަޤާމުގެ އިންޓަވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mvން ޑައުންލޯޑް ކުރެވޭނެއެވެ.
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ޑިސެންބަރު 30 ވަނަ ދުވަހުގެ 14:30 ގެ ކުރިން.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.