މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކު އެޅުމަށް ތަކެތި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

              މިރަށު ކުޑަކުދިންގެ ޕާކު އެޅުމަށް ތަކެތި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 12 ފެބްރުއަރީ 2023 ފެށިގެން 20 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ރަޖިސްޓްރީ ކުރެއްވުމަށް އަދި މިމސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރ 6560016 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.

         އަންދާސީ ހިސާބު ހުށައަޅުއްވާނީ 2023 މާރޗް  02 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. އަދި މެއިލް ކުރައްވާ ނަމަ މިއިދާރަގެ އީމެއިލް : info@fodhdhoo.gov.mv   އަށް މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

          މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

       ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

              17 ރަޖަބް 1444

              12 ފެބްރުއަރީ 2023

12 ފެބުރުވަރީ 2023
ހޯދާ