ދިވެހިރާއްޖެ
މަސައްކަތް
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
(IUL)25-A4/25/2023/1 ނަންބަރު:
މިނިސްޓްރީގެ ބިލްޑިންގް މެއިންޓެނަންސް އާ ގުޅޭ
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީ ހިންގަމުންދާ ޢިމާރާތް ކަމުގައިވާ ފަތުޙުﷲ ޖަމީލް ބިލްޑިންގް ގެ ތިރީގައި މި ދަންނަވާ މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- މިނިސްޓްރީގެ ވީއާރު އެއަރކޮންޑިޝަނަރ ސިސްޓަމް އަދި ވޯލްމައުންޓް އެއަރކޮންޑިޝަންތައް ސަރވިސްކޮށް ބެލެހެއްޓުން
- މިނިސްޓްރީގައި ހަރުކުރެވިފައިވާ ފަޔަރ ފައިޓިންގް ސިސްޓަމް އަދި ފަޔަރ އެސްޓިންގުއިޝަރތައް ސަރވިސްކޮށް ބެލެހެއްޓުން
- މިނިސްޓްރީގެ ލިފްޓްތައް މަރާމާތުކޮށް ބެލެހެއްޓުން
ވީމާ، އަމިއްލަތަކެއްޗާއި ވަޞީލަތް ބޭނުންކޮށްގެން މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާވަލާ އެއްގޮތްވާގޮތުގެ މަތިން މަޢުލޫމާތު ހޯދުމަށް އަދި އަންދާޒީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވުމަށް އެދި ދަންނަވަމެވެ.
ތަފްޞީލް |
މަޢުލޫމާތު ސާފުކުރުމަށް |
އަންދާޒީ ހިސާބު ހުށަހެޅުމަށް |
އެއަރ ކޮންޑިޝަން ސިސްޓަމް |
16 ފެބުރުއަރީ 2023 ގެ 11:00 އަށް |
23 ފެބުރުއަރީ 2023 ގެ 11:00 އަށް |
ފަޔަރ ފައިޓިންގް ސިސްޓަމް |
16 ފެބުރުއަރީ 2023 ގެ 11:30 އަށް |
23 ފެބުރުއަރީ 2023 ގެ 11:30 އަށް |
ލިފްޓް މަރާމާތުކޮށް ބެލެހެއްޓުން |
16 ފެބުރުއަރީ 2023 ގެ 13:00 އަށް |
23 ފެބުރުއަރީ 2023 ގެ 13:00 އަށް |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.
12 ފެބްރުއަރީ 2023